ސ. ހިތަދޫ ކުޑަ ކުދިންގެ ޕާކްގައި ކުޑަކުދިން ކުޅިވަރު ކުޅެ، މަޖާކޮށް ހެދުމަށް އިތުރު އައިޓަމްތަކެއް މިއަދު ބަހައްޓައިފި އެވެ.
ފިތުރު އީދު ދުވަހާ ގުޅިގެން މިއަދު އެތަނުގައި ބެހެއްޓި ކުޅިވަރު ކުޅޭ ސާމާނުތަކަކީ ޕާކް ހިންގައި ބަލަހައްޓާ އައިސް ޑިލައިޓްގެ ރެސްޓޯރެންޓްގެ ފަރާތުން ބެހެއްޓި ތަކެއްޗެވެ. އައިސް ޑިލައިޓަކީ އައްޑޫގެ މަޝްހޫރު ވިޔަފާރި ވެރިޔާ އަލީ ލަތީފް (ޑިލައިޓް އަލީ) ގެ ތަނެކެވެ.
އެ ރެސްޓޯރެންޓާ އިންވެގެން އޮންނަ ހުސް ބިމުގައި ތަރައްގީކޮށްފައިވާ ކުޑަ ކުދިންގެ ޕާކަކީ އެތަން އެ ފަރާތަށް ދޫކުރި އިރު، ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހަދާފައިވާ ޕާކެކެވެ.
އެގޮތުން ކުޑަ ކުދިންނާ ރައްޓެހި ގޮތަކަށް ޕާކް ތަރައްގީކޮށް ކުޑަ ކުދިންނާ ގުޅުން ހުރި ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމް ޕާކްގައި ވަނީ ހަމަޖައްސާފަ އެވެ.
ޕާކުގައި މިއަދު އިތުރު ކުޅިވަރު ސާމާނުތަކެއްޓި އިރު، ޕާކަށް ޒިޔާރަތް ކުދި ކުދިންނަށް ވަނީ ހިލޭ ބުއިމާ ވޭފާ އާއި ފުއްޕާހަން ފަދަ ތަކެތި ވެސް ހަދިޔާކޮށްފަ އެވެ.