ގޭގައި ބަނގުރާ ވިއްކަމުންދާ ކަމުގެ ތުހުމުގައި އެމްޑީޕީގެ މީދޫ އެކްޓިވިސްޓެއް ކަމަށްވާ އެ ރަށު ކަށިމާވާދީ އަފްރާޝީމް ކޯޓް އަމުރެއްގެ ދަށުން ފުުހުންގެ ބެލުމުގެ ދަށަށް ރޭ ގެންގޮސްފި އެވެ.
ކޯޓްގެ އަމުރާއެކު އަފްރާޝީމު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ އޭނާގެ ގޭގައި ބަނގުރާ ކައްކައި، ވިއްކުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހުޅުމީދޫ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އެގެބަލާ ފާސްކުރި ކުރުމުގައި ބަނގުރާ ކެއްކަން ބޭނުން ކުރާ ތަކެއްޗާއެކުގަ އެވެ.
ރޭ އަފްރާޝީމު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިރު ބަނގުރާ ކައްކައި، ވިއްކުމުގެ މަސައްކަތް ކުރަމުން ގެންގޮސްފައިވާ ކަމަށް ބެލެވޭ ތިން މީހަކު މިދިޔަ ހަފްތާގެ ތެރޭގައި ވެސް ހުޅުމީދޫ ފުހުލުން ވަނީ ހައްޔަރުކޮށްފަ އެވެ.
މީގެ އިތުރުން ބަނގުރާ ކެއްކުމަށް ބޭނުން ކުރާ 7 މެށިން ވެސް މިދިޔަ ހަފްތާގެ ތެރޭގައި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.