Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ދިރިއުޅުއްވާ ގެ މޮނީޓަރިންގައި ހުރުމުން ހަތް މެންބަރަކަށް ޖަލްސާއަށް ހާޒިރުނުވެވުނު

ރައްޔިތުން މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ތެރެއިން: ފޮޓޯ / މަޖިލިސް

ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން މޮނީޓަރިންގެ ހާލަތުގައި ހުރި ގެތަކުގައި ތިބި މެންބަރުންގެ އަދަދު ހަތަކަށް އަރައިފިއެވެ.

އިއްޔެގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ހާޒިރީ އިއްވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އިއްޔެ މޮނީޓަރިންގެ ހާލަތުގައި ހުރި ގެތަކުގައި ފަސް މެންބަރަކު ތިއްބެވި ކަމަށެވެ.

ނަމަވެސް މިއަދުގެ ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ހާޒިރީ އިއްވަމުން ވިދާޅުވީ މޮނީޓަރިންގެ ހާލަތުގައި ހުރި ގެތަކުގައި ތިބި މެންބަރުންގެ އަދަދު އިތުރުވެފައިވާ ކަމަށެވެ. އެގޮތުން މިވަގުތު ހަތް މެންބަރަކު އެފަދަ ގެތަކުގައި ތިއްބެވި ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުން މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ތަޅުމުގައި ކުރިޔަށް ގެންދަން ފަށާފައި ވަނީ އިއްޔެއެވެ. ޖަލްސާތައް ބާއްވަމުން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެންނެވެ.