Last Updated: April 26, 18:07
Friday, April 26, 2024
ޚަބަރު

ކަނޑު ގަދަ، މޫސުމަށް ސަމާލުވާތި: އެމްއެންޑީއެފް

މި ދުވަސްވަރަކީ ރާއްޖެއަށް މޫސުމް ގޯސް ދުވަސްވަރަަކަށްވާތީ ކަނޑުދަތުރުފަތުރު ކުރައްވާއިރު މޫސުމަށް ސަމާލުކަން ދިނުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)އިން އިލްތިމާސްކޮށްފިއެވެ.

އެމްއެންޑީއެފްއިން މިގޮތަށް އިލްތިމާސް ކުރި އިރު މޯލްޑިވްސް މިޓިއޮރޮލޮޖީ އިން ވަނީ ހއ. އިން މ. އަތޮޅަށް ވައިޓު އެލާޓު ނެރެފައެވެ. އެގޮތުން މިއަދު މެންދުރު 12 އިން ހަވީރު 5 ޖެހުމާއި ހަމައަށް ބޯކޮށް ވާރޭ ވެހި ކޮޅިގަނޑުގައި 45 މޭލަށް ވައިގަދަ ވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރާގައި ބޯކޮށް ވާރޭ ވެހި ބައެއް ރަށްތަކުގައި ވަނީ ފެންބޮޑުވެ އާއްމު ބައެއް ގޭގެތަކަށް ފެންވަދެ ގެއްލުން ލިބިފައެވެ.