Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

އައިސޮލޭޝަން ފެސިލިޓީއެއްގައި ހުރި ފުލުހަކު އަންހެނަކަށް ޖިންސީ ފުރައްސާރަކޮށްފި

ހުޅުލެ އައިލެންޑު ހޮޓެލް --

އައިސޮލޭޝަން ފެސިލިޓީއެއްގައި ހުރި ފުލުހަކު އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ހުޅުލެ އައިސޮލޭޝަން ފެސިލިޓީގައި އުޅޭ ފުލުހަކު އެތަނުގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުލެ އައިސޮލޭޝަން ފެސިލިޓީއެއްގައި މަސައްކަތް ކުރާ ފިރިހެން ފުލުހަކު އެތަނުގައި މަސައްކަތް ކުރާ އެހެން އިދާރާއެއްގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް މިދިޔަ އަންގާރަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިޔަށްދާއިރު ފުލުހުންގެ ޕްރޮފެޝަނަލް ކޮމާންޑުންވެސް އެ މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެނގިފައިވާ ގޮތުގައި އެހެން އިދާރާއެއްގައި މަސައްކަތް ކުރާ ކަމަށް ފުލުހުން ބުނެފައިވާ އަންހެން މީހާއަކީ އެތަނުގައި މަސައްކަތް ކުރާ ނަރުހެކެވެ.