Last Updated: April 26, 23:59
Friday, April 26, 2024
ޚަބަރު

ހިތަދޫ އަދި ކުޅުދުއްފުށީ ބަނދަރަށް މުދާ ގެންނަ ފަރާތްތަކަށް ލުއިތަކެއް!

ކޮވިޑް-19 އާއި ގުޅިގެން ސ. ހިތަދޫ އަދި ހދ. ކުޅުދުއްފުށީ ރީޖަނަލް ބަނދަރަށް މުދާ ގެންނަ ފަރާތްތަކުން ދައްކަން ޖެހޭ ފީތައް ވަކި މުއްދަތަކަށް ނުނެގުމަށް ނިންމައިފިއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ދަށުން ހިންގަމުން އަންނަ ކުޅުދުއްފުށީ ޕޯޓްސް ލިމިޓެޑާއި، ހިތަދޫ ޕޯޓްސް ލިމިޑެޓްގެ ބޯޑުން ނިންމާފައިވަނީ 15 އެޕްރީލް 2020 އިން ޖޫން 5، 2020 އާއި ހަމައަށް މި ދެ ބަނދަރަށް ބާލާފައިވާ ހުރިހާ ބާވަތެއްގެ މުދަލުން އެއްވެސް ފީއެއް ނުނަގާ ގޮތަށް ނިންމާފައެެވެ.

މީގެ އިތުރުން މި ދެ ބަނދަރަށް 15 އެޕްރީލް 2020 ވަނަ ދުވަހާއި ހަމައަށް ފްރީ ފްރީ ސްޓޯރޭޖްގެ މުއްދަތު ހަމަވެފައި ނުވާ މުދަލުގެ ސްޓޯރޭޖްފީ (ޑެމަރޭޖް) އަދި އެމްޓީ ކޮންޓެއިނާ ސްޓޯރޭޖް ފީ ނުނެގުމަށް ވަނީ ނިންމާފައެވެ. އަދި މުދާތައް ކްލިއާ ކުރުމަށް ޖުލައި 5 ވަނަ ދުވަހާއި ހަމައަށް ވަނީ ވަގުތު ދީފައެވެ.

ހިތަދޫ ޕޯޓް އަދި ކުޅުދުއްފުށީ ޕޯޓުން މި ގޮތަށް ނިންމި އިރު މާލޭ ވިޔަފާރި ބަނދަރަށް މުދާ ގެންނަ ފަރާތްތަކަށްވެސް އެމްޕީއެލްއިން ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ.