Last Updated: March 28, 21:55
Thursday, March 28, 2024
ޚަބަރު

ކޮވިޑް-19: 56 މީހަކު ޕޮޒިޓިވްވެ ރާއްޖޭގެ އަދަދު 1513އަށް

ރާއްޖެއިން މިއަދު އިތުރު 56 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ މިރޭ ކޮވިޑް-19 އަށް ޕޮޒިޓިވްވި 56 މީހުންނާއި އެކު ރާއްޖެއިން މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1513 އަށް އަރާފައެވެ.

މިރޭ ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 18 ދިވެހިންނާއި، 35 ބަންގްލަދޭޝް މީހުންގެ އިތުރުން 3 އިންޑިއާ މީހެކެވެ.

އެޗްޕީއޭއިން ރޭ ބުނެފައިވަނީ ރާއްޖެއިން އެވްރެޖުކޮށް ދުވާލަކު 50 މީހުން ބައްޔަށް ޕޮޒިޓިވްވުމަކީ މަދު އަދަދެއް ކަމަށެވެ. އެހެންވެ އެޗްޕީއޭއިން މިހާރު ވަނީ މާލެ ސަރަަހައްދަށް ލުއިތަކެއް ދީފައެވެ. އެގޮތުން ބައެއް ފިހާރަތައް ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ވަނީ ދީފައެވެ.