Last Updated: June 9, 14:14
Tuesday, June 9, 2026
ސިޔާސީ

ނަޝީދު ފުވައްމުލަކުގައި ޑައިވް ކުރަނީ!

ފުވައްމުލަކުގައި ހުރިހާ އުމުރެއްގެ މީހުންނަށް ހުޅުވާލެވިގެން ފުޅާގޮތެއްފައި ޑައިވްކުރުމުގެ ޕްރޮގްރާމެއް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އިފްތިތާޙްކޮށް ދެއްވައިފި އެވެ.

މި ޕްރޮގްރާމް އިފްތިތާޙް ކުރުމުގެ ގޮތުން ފުވައްމުލަކުގައި މިއަދު ހެނދުނު ރާއްޖޭގެ އެންމެ ތަޖުރިބާ ހުރި ބައެއް ޑައިވަރުންނާއި ފުވައްމުލަކުގެ ޒުވާނުން ގުޅިގެން އިންތިޒާމް ކުރި ޑައިވެއްގައި ނަޝީދު ބައިވެރިވެވަޑައިގެންނެވި އެވެ.

ފުވައްމުލަކުގެ ބޭރުން 18 މީޓަރުގެ ޑައިވްގައި ޖުމްލަ ނުވަ ޑައިވަރުން ބައިވެރިވި އެވެ.

"މުޅި ދިވެހި ރާއްޖެއިން ވެސް އަޅުގަނޑު ދުށް އެންމެ ރީތި ހައުސް ރީފް މިއީ،" ފުވައްމުލަކުގައި ޑައިވް ކުރެއްވުމަށް ފަހު ނަޝީދު ވިދާޅުވި އެވެ.
އަދި ފުވައްމުލަކަކީ ޑައިވް ކުރުމާ އެކު ގެސްޓް ހައުސް ތަރައްޤީ ކުރެވި ފުޅާ ދާއިރާއެއްގައި ފަތުރުވެރިކަމުގެ ވިޔަފާރި ކުރެވެން އޮތް ތަނެއްކަން ނަޝީދު ފާހަގަ ކުރެއްވި އެވެ.

ފުވައްމުލަކުގައި އުމުރުން 8 އަހަރުން މަތީގެ މީހުންނަށް ހުޅުވާލެވިގެން ޑައިވް ކުރުމުގެ ޕްރޮގްރާމެއް މާދަމާ ހިންގުމަށް ވަނީ ހަމަޖެހިފަ އެވެ.