ދާދި ފަހުން އިންޑިއާގެ އުއްތަރުހަންދަށް ކުރި ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީތެރިވުމުގެ ގޮތުން ބޮލީވުޑްގެ ތަރިންތަކެއް ބައިވެރިވެގެން ބާއްވާ ފަންޑް ރައިޒިން އިވެންޓެއްގައި މަޝްހޫރު ބަތަލާ އައިޝްވާރިއާ ރާއީ ބައްޗަން (އޭޝް) ޕާފޯމް ކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މިއީ 2011 ވަނަ އަހަރު ވިހެއުމަށް ފަހު، ބޮޑު ސްކްރީނާ ދުރުގައި ހުރި އޭޝް ބޮޑު އިވެންޓެއްގައި ބައިވެރިވެ، ޕާފޯމް ކުރާ ފުރަތަމަ ފަހަރެވެ.
ވިއްސާރައިގައި ހާލުގައި ޖެހުނު މީހުންނަށް އެހީވާން ފައިސާ ހޯދަން ބާއްވާ އިވެންޓްގައި އޭޝްގެ އިތުރުން އޭނާގެ ބަފާބެ އަމީތާބް ބައްޗަން، ބިޕާޝާ ބާސޫ، މަދޫރީ ޑިކްޝިޓް، އަބޭ ޑިއޯލް އަދި ނީހާ ދޫޕިއާ ފަދަ ތަރިން ބައިވެރި ވާނެ އެވެ.
މީގެ އިތުރުން މަޝްހޫރު ލަވަ ކިއުންތެރިޔާ ލަތާ މަންގޭޝްކަރާއި އޭއާރް ރަހްމާން ވެސް މި އިވެންޓްގައި ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
އިވެންޓް ބާއްވަނީ އިންޑިއާގެ މިނިވަން ދުވަހާ ދިމާކޮށް މި މަހުގެ 15 ވަނަ ދުވަހު އެވެ.