Last Updated: April 26, 20:24
Friday, April 26, 2024
ޚަބަރު

ލޮކްޑައުންގައި ވެސް ޕީޖީން ކޯޓުތަކަށް 45 މައްސަލައެއް ފޮނުވައިފި

ޕީޖީ ހުސެއިން ޝަމީމް - ފޮޓޯ: ސަން

ކޮވިޑް19 ގެ ސަބަބުން މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މި ހާލަތުގައިވެސް ޕްރޮސިކިއުޓަރު ޖެނެރަލް (ޕީޖީ) އިން ޝަރުއީ ކޯޓުތަކަށް 45 މައްސަލައެއް ފޮނުވާފައިވާ ކަމަށް ބުނެފިއެވެ.

ޕީޖީ ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ 45 މައްސަލާގައި 77 ދައުވާ ޝީޓު ފުރިހަމަ ކޮށްފައިވާނެ ކަމަށާއި އެހުރިހާ މައްސަލައެއްވެސް ކޯޓުތަކަށް ފޮނުވީ އޮންލައިންކޮށް ކަމަށެވެ. ޝަމީމް ވިދާޅުވީ ކަރުދާސް ފޮނުވުމުގެ ބަދަލުގައި، އޮންލައިންކޮށް މަސައްކަތްތައް ކުރިއަށް ގެންދިއުން މާބޮޑަށް ރަނގަޅު ކަމަށެވެ.

ޕީޖީން އަންނަނީ ޝަރުއީ ނިޒާމަށް ޓެކްނޮލޮޖީ ބޭނުން ކުރުމުގެ މުހިއްމު ކަމާއި ޓެކްނޮލޮޖީ ބޭނުން ކުރުމުން މައްސަލަތައް އަވަސްވާ ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން ޕީޖީ އޮފީހުން އަންނަނީ އޯޑިއޯ އަދި ވީޑިއޯ މެދުވެރިކޮށް ޝަރީއަތްތަކުގައި ބައިވެރިވުމަށް ވީޑިއޯ ކޮންފަރެންސް ސިސްޓަމްތައް ހަރު ކުރަމުންނެވެ.

ދާދިފަހުން ޕީޖީން ވަނީ އައްޑޫ ސިޓީގައި ވެސް އެފަދަ ސިސްޓަމެއް ގާއިމްކޮށްފައެވެ.