Last Updated: June 9, 14:14
Tuesday, June 9, 2026
ސިޔާސީ

"އިންތިހާބު އޮތީ އަންބޮނޑިތެރޭގައި"

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ފަރާތްތަކުން ބުނާހެން މިހާރު އޮތީ "އަޅުގަނޑުމެންގެ އަންބޮނޑި ތެރޭގައި" ކަމަަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކެމްޕޭން ދަތުރެއްގައި މިއަދު އައްޑު އަށް ވަޑައިގެން މަރަދޫގައި ޖަގަހައެއް ހުުޅުއްވައި ދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ބުނާހެން އެއްވެސް ޝައްކެތް ނެތި 2013 ގެ ރިޔާސީ އިންތިހާބް މިހާރު އޮތީ އެމްޑީޕީގެ ދަބަހުގައި ކަމަށާއި އިންތިހާބު އޮތީ ވެސް އެމްޑީޕީގެ އަންބޮނޑި ތެރޭގައި ކަމަށެވެ.

އެހެންވެ އެެއް ބުރުން އިންތިހާބް އެމްޑީޕީބް މިހާރު ވެސް ކާމިޔާބްކޮށްފައިވާ އިދިކޮޅު ފަރާތްކުން ގަބޫލްކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުން އެމްޑީޕީ އަށް ސަޕޯޓް ކުރަނީ ގިނަ ސަބަބުތަކާ ހެދި ކަމަށެވެ. އެއީ އެމްޑީޕީއަކީ ވައުދު ފުއްދާ ޕާޓީއެއް ކަމަަށްވާތީ ކަމަށް ވެސް ވިދާޅުވި އެވެ. އެކަން ފާއިތުވި ތިން އަހަރު އެމްޑީޕީން ދައްކާ ދީފައި ވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އަދި މި އަހަރުގެ ރިޔާސީ އިންތިހާބް ކާމިޔާބް ކުރުމަށް ފަހު ރާއްޖޭގެ ތަރައްގީ އަށް އަނެއްކާ ވެސް އެމްޑީޕީން މަސައްކަތް ފަށައި ގަންނާނެ ކަމަަށެވެ. އެގޮތުން ތަރައްގީގެ މަޝްރޫއުތަކާއު ރައްޔިތުންނަށް ވަޒީފާ ހޯދައި ދިނުން ފަދަ ކަންކަނަ ފަހިވެގެން ދާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު މިއަދު އައްޑޫގެ ރަށްރަަށަށް ވަޑައިގެން އަންނަނީ ކެމްޕޭން ޖަގަހަތައް ހުޅުއްވައި ދެއްވަމުންނެވެ.