Last Updated: April 23, 23:56
Tuesday, April 23, 2024
ދުނިޔެ

ވައިޓް ހައުސްގެ ކޮންޓްރޯލް ގެއްލިއްޖެ، ސީއައިއޭ ވެސް އެލާޓަށް

ވައިޓް ހައުސް ކައިރީ ކުރަމުންދާ މުޒަހާރާތައް ވަރުގަދަވެ، ވައިޓް ހައުސްގެ ކޮންޓްރޯލް ގެއްލިއްޖެ: ފޮޓޯ - އެސޯސިއޭޓެޑް ޕްރެސް

އެމެރިކާގައި ޖޯޖް ފްލޮއިޑް މަރާލުމާ ގުޅިގެން ކުރިއަށް ގެންދާ މުޒާހަރާތަކުގައި ވޮޝިންޓަންގައި ހުންނަ ރިޔާސީ ގަނޑުވަރު، ވައިޓް ހައުސް ކައިރީވެސް ރޯކޮށްލުމުގެ ސަބަބުން ވައިޓް ހައުސްގެ ކޮންޓްރޯލް ގެއްލި އެލާޓަށް ގެނެސްފިއެވެ.

ފުލުހުން އިންތިހާއަށް ބާރުގެ ބޭނުން ކުރަމުން މުޒާހަރާގެ ބައިވެރިން ހުއްޓުވަމުން އަންނައިރު، ރައީސް ޑޮނަލްޑް ޓްރަމްޕް، އަނބިކަނބަލުން މެލަނިއާ ޓްރަމްޕް އަދި ދަރިކަލުން ވަނީ ސެކިއުރިޓީ އެންމެ ވަރުގަދަ، އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރަށް ވައްދާ ފިއްލުވާފައެވެ.

ސީއައިއޭގެ ކުއްލި ބައްދަލުވުމެއް ބާއްވަން މިހާރު ނިންމާފައިވާއިރު މުޒާހަރާގެ ބައިވެރިން އަންނަނީ ނަސްލީ ތަފާތުކުރުން ހުއްޓުވުމަށް ގަދަ އަޑުން ގޮވާލަމުންނެވެ.

ކަޅު ނަސްލުގެ ޖޯޖް ފްލޮއިޑް، މިނިއޭޕޮލިސް ފުލުހަކު ހައްޔަރުކުރީ ވަގު ޗެކެއް ހަދަން އުޅުމުގެ ތުހުމަތުގައެވެ. އޭނާ ހައްޔަރު ކުރުމުގައި އެ ފުލުސް މީހާ ވަނީ ޖޯޖްގެ ކަރަށް ފައިން އަރައިގެން ފަސް ވަރަކަށް މިނެޓު އޭނާ ބިންމަތީގައި ބާއްވާފައެވެ.

ނޭވާ ނުލެވޭ ކަމަށް އެދި ޖޯޖް ފްލޮއިޑްގެ ފަހު ވަގުތުތައް ހޭދަކުރިއިރު ވެސް އަދި ކައިރީގައި ތިބި އާންމު ރައްޔިތުން ވެސް ދޫކުރުމަށް އެދި ގޮވަމުން ދިޔައިރު ވެސް ފުލުސް މީހާ ދޫނުދީ ފްލޮއިޑްގެ ކަރަށް ފައިން އަރައިގެން އޮތެވެ.

ފްލޮއިޑް މަރުވެގެން ގޮސްފައިވަނީ ފަހުން އެމްބިއުލާންސް ގެނެސްގެން ނަގައިގެން ދިއުމަށް ފަހުގައެވެ. މިމަރުގެ ދައުވާ ފުލުސް މީހާއަށް މިހާރު އުފުލާފައިވާއިރު އޭނާއެކު އިތުރު ތިން އޮފިސަރުން ވަނީ ވަކިކޮށްފައެވެ.

އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނިކުމެފައިވަނީ މިފަދަ އެތައް ހާދިސާއެއް ތަކުރާރުވެ، ހުއްޓުމެއް ނާންނާތީ ސަރުކާރަށް އަޑު އިއްވަން ވެގެންނެވެ. މިމުޒާހަރާތަކުގައި އެމެރިކާގައި ދިރިއުޅޭ ހުރިހާ ނަސްލެއްގެ ރައްޔިތުން އަދި ފުލުހުން ވެސް އަންނަނީ ބައިވެރިވަމުންނެވެ.