ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ދާދި ފަހުން އުމްރާ އަށް ވަޑައިގެންނެވި ކަމަށް ބުންޏަސް އެ ވާހަކަ ގަބޫލް ނުކުރެއްވޭ ކަމަށް ޝެއިހް އިިލްޔާސް ހުސައިން ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގައި ވެސް ހިމެނިވަޑައިގަންނަވާ ޝެއިހް އިލްޔާސް ރޭ ޖުމްހޫރީ ގުޅުމުން ހިތަދޫގައި ބޭއްްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު އުމްރާ އަށް ވަޑައިގެންނެވި ކަމަށް ބުނި ނަމަވެސް، އޭނާގެ ޒަމީރު އެކަން ގަބޫލް ނުކުރައްވާ ކަމަށް އިލްޔާސް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ނަޝީދަކީ ދީނަށް ފުރައްސާރަ ކުރައްވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ތަގުރީރު ކުރައްވާ އިރު ކީރިތި ރަސޫލަށް ސަލަވާތް ކިޔަވަން ނަސޭހަތްތެރިވުމުން "ނަޝީދު ވިދާޅުވީ "އެކަލޭގެ ފާނަށް ވެސް ކިޔަނީ މުހައްމަދޭ، ތިމަންނަ އަށް ވެސް ކިޔަނީ. އެހެންވީމާ ކީއްވެގެންތޯ ތިމަންނަ ސަލާވަތް ކިޔަވަންވީ" ކަމަށެވެ.
ޝެއިހް އިލްޔާސް އަދި ވިދާޅުވީ ނަޝީދު ދީނަށް ފުރައްސާރަ ކުރާނީ އެ ވާހަކަ ދެއްކުމުން ތިމަންނައަކީ 70،000 ހަދީސް ހިތު ދަސް ބޭފުޅެއް ކަމަށް ވެސް ވިދާޅުވެފައިވާ ކަމަށެވެ.
އެކަން ޑރ. އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ޝެއިހް ހުސައިން ރަޝީދު އަހުމަދު ވެސް ހެކިވެވަޑައިގަންނަ ވާނެ ކަމަށް ޝެއިހް އިލްޔާސް ވިދާޅުވި އެވެ.