Last Updated: April 23, 19:51
Tuesday, April 23, 2024
ޚަބަރު

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުން އަނބުރާ ގައުމަށް ގެންދިއުމަށް އިތުރު ދަތުރެއް ބާއްވަނީ

އިންޑިއާ ރައްޔިތުން ބަލާ ރާއްޖެ އައި މަނަވަރު -- ފޮޓޯ: އިންޑިއާ އެމްބަސީ

ރާއްޖޭގައި ތިބި އިންޑިއާ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ދިއުމަށް ބޭނުންވާ މީހުން، އަނބުރާ ގައުމަށް ގެންދިއުމަށް ހާއްސަ ދަތުރެއް ބާއްވަން ނިންމައިފިއެވެ.

ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުގެ ޓްވިޓާގައި އާންމުކޮށްފައިވާ ވީޑިއޯއެއްގައި، އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވިދާޅުވީ މިހާތަނަށް ރާއްޖޭގައި ތިބި އިންޑިއާގެ ރައްޔިތުންގެ ތެރެއިން އެނބުރި ގައުމަށް ގޮސްފައިވާ މީހުންގެ އަދަދު 1800އަށް އަރާފައިވާ ކަމަށެވެ. އެހެންނަމަވެސް އިތުރު 700 މީހުން ގައުމަށް ގެންދިއުމަށްޓަކައި އެގައުމުގެ އަސްކަރިއްޔާގެ މަނަވަރެއް މި މަހުގެ ފަސްވަނަ ދުވަހު ރާއްޖެ އަންނާނެ ކަމަށްވެސް ސަފީރު ވިދާޅުވިއެވެ.

އޭނާ ވަނީ އެނބުރި ގައުމަށް ދާން ބޭނުންވެގެން ރަޖިސްޓްރީ ކޮށްފައިވާ މީހުންގެ ދިގު ލިސްޓެއް އެބައޮތް ކަމަށް ވިދާޅުވެފައެވެ. އެހުރިހާ އެންމެން ހައިކޮމިޝަނަށް ވެސް ފޮނުވާ ނުލެވިދާނެ ކަމަށާއި ނަމަވެސް މަސައްކަތް ކުރަމުން ގެންދާނީ ވީހާވެސް ގިނަ މީހުން ފޮނުވާލެވޭތޯ ކަމަށް ސަފީރު ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި 1،829 މީހުންގެ ތެރެއިން 186 މީހުންނަކީ އިންޑިއާ މީހުންނެވެ.