Last Updated: May 19, 21:03
Sunday, May 19, 2024
ޚަބަރު

ތިލަފުށީ ހަމަނުޖެހުން: ދެ ފުލުހަކަށް އަނިޔާވެއްޖެ، 133 މީހަކު ހައްޔަރު

ތިލަފުށީގައި އައިމާ ކޮންސްޓްރަކްޝަންގެ ފަރާތުން ބައިތިއްބާފައި ތިބި އިންޑިއާ މީހުންނާއި ފުލުހުންނާއި ދެމެދު ކުރިމަތިލުން ތަކެއް ހިނގަމުން އެބަދެއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި މިކަން ހިނގަން މެދުވެރިވެފައިވަނީ އައިމާ ކޮންސްޓްރަކްޝަން އިން އެމީހުންނަށް މުސާރަ ދިނުން ލަސްވުމުގެ ސަބަބުންނެވެ. ނަމަވެސް އެރަށުގައި ހުރި ފަރާތަކުން "އައްޑޫލައިވް" އަށް މައުލޫމާތު ދީފައިވާ ގޮތުގައި އެ ފަރާތްތަކަށް ދޭން ޖެހޭ މުސާރަ 48 ގަޑި އިރުގެ ތެރޭގައި ދެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މި ހަމަނުޖެހުން ތަކުގައި އެފަރާތްތަކުން އެތަނުގެ ގިނަ މުދަލަށް ގެއްލުން ދީފައިވާ ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ މި ހަމަނުޖެހުމުގެ ތެރެއިން ދެ ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި، މިހާތަނަށް 133 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް އޮފިޝަލް ދެއްވާފައެއް ނުވެއެވެ.

ތަފްސީލު އަންނަނީ..