ސަޕްލައި ފެން ދޭން ހިތަދޫގައި އަޅާފައިވާ ފެން ލައިނުން ފެން ލީކުވަމުމްދާ މައްސަަލަ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.
އެ ކޯޕަރޭޝަންގެ އޮފިޝަަލަކު ވިދާޅުވީ ފެން ލައިނުން ފެން ލީކުވެ ފެން އިސްރާފުވުމުގެ މައްސަލަ މިހާރު ވަރަށް ބޮޑުތަން ރަނގަޅު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ހިތަދޫގެ ގޭގެ އަށް މިހާރު ދޫކޮށްފައިވާ ފެނުން މީގެ ކުރިން މަހެއްގެ މައްޗަށް 600،000 ލީޓަރުގެ ފެން އިސްރާފުވަމުން ދިޔަ ކަމަށް އެ ކުންފުނިން ބުންޏެވެ.
ނަމަވެސް މިހާތަނަށް ކުރެވުނު މަސައްކަތުން އެ އަދަދު ވަރަށް ބޮޑުތަން ކުޑަ ކުރެވިފައިވާ ކަމަށް ފެނަކަ އިން ބުންޏެވެ.
އެ ކުންފުނިން ބުނީ ހިތަދޫގެ 150 ގެއަކަށް ހިލޭ ފެން ދޫކޮށްފައިވާ އިރު، އިތުރު ގެތަކަށް ފެން ގުޅައި ދިނުމުގެ މަސައްކަތް ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމަށެވެ.
ހިތަދޫގައި އަޅާފައިވާ ފެން ހޮޅިތަކުން ފެން ލީކުވަމުންދާ އިރު، މި މަޝްރޫއުއަކީ އިނގިރޭސިވިލާތުގެ ބައިވޯޓަ އާއި ސަދަން ޔުޓިލިޓީސް ލިމިޓެޑް (އެސްޔޫއެލް) ގުޅިގެން އުފައްދާފައިވާ ކުންފުންޏަކުން ކުރިއަށްގެން ދިޔަ މަޝްރޫއެކެވެ.