ސ. މީދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓްގެ މަގާމަށް އެ ރަށު ދޮންދީދީ މަންޒިލް ޝެއިޚް މުހައްމަދު ތައްޔިބު އައްޔަން ކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.
ޖޭއެސްސީގެ މީޑިއާ އޮފިޝަލް ހަސަން ޒަހީން ވިދާޅުވީ ހަތް މެޖިސްޓްރޭޓް ކޯޓަކަށް އިސް މެޖިސްޓްރޭޓުންގެ ގޮތުގައި ހަތް ބޭފުޅަކު ހަމަޖެއްސުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ.
މީދޫ މެޖިސްޓްރޭޓް ކޯޓްގެ އިސް މެޖިސްޓްރޭޓަކަސް ޝެއިހް ތޮއްޔިބް އައްޔަން ކުރަން ނިންމި އިރު، ކ. ގާފަރު ކޯޓްގެ އިސް މެޖިސްޓްރޭޓަކަށް ސ. ފޭދޫ ބެލޫން މަރިޔަމް ވަހީދު އައްޔަން ކުރުމަށް ވެސް ވަނީ ނިންމައިފަ އެވެ.
ޒަހީން ވިދާޅުވީ ހަތް މެޖިސްޓްރޭޓް ކޯޓަަކަށް މެޖިސްޓްރޭޓުން ހޯދުމަށް ކުރި އިއުލާނަށް ފަހު ކުރިމަތިލި ފަރާތްތަކުގެ ތެރެއިން މަގާމަށް އައްޔަން ކުރުމަށް ނިންމި މެޖިސްޓްރޭޓުންނަކީ ޝަރުތު ހަމަވާ ފަރާތްތަކުގެ މެދުގައި އިންޓަވިއު ކުރުމަށް ފަހު ހޮވި ފަރާތްތައް ކަމަށެވެ.
އެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލު ކުރުމާ ހުވާކުރުމުގެ ރަސްމިއްޔާތު އަންނަ ހަފްތާގެ ތެރޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ޖޭއެސްސީން ބުންޏެވެ.