Last Updated: May 8, 02:23
Wednesday, May 8, 2024
ޚަބަރު

އެޓީކް ސްޓައިލް އިން ޝަރަފުއްދީން ސްކޫލަށް 100 ފޮތި މާސްކު ހަދިޔާކޮށްފި

Photo: Sharafuddin School

އައްޑޫ ސިޓީ ހިތަދޫގެ ވިޔަފާރިއެއް ކަމަށްވާ، އެޓީކް ސްޓައިލް އިން ޝަރަފުއްދީން ސްކޫލަށް 100 ފޮތި މާސްކު ހަދިޔާ ކޮށްފިއެވެ.

ޝަރަފުއްދީން ސްކޫލްގެ ފޭސްބުކް ޕޭޖުގައި ކޮށްފައިވާ ޕޯސްޓުގައި ވަނީ މިކަން ހާމަކޮށް، އެ ވިޔަފާރީގެ އިސްވެރިޔާ އަހުމަދު ކާމިލް (އައްމަޑޭބެ) އަށް ޝުކުރު އަދާކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އައްޑޫގެ ގިނަ ވަޔަފާރިތަކުން ދަނީ އައްޑޫގެ އެކިއެކި އިދާރާތަކާއި، ހޮސްޕިޓަލް އަދި ސްކޫލް ފަދަ ތަންތަނަށް މާސްކާއި، ސެނިޓައިޒަރ، އަދި އެނޫންވެސް އެކި ސިއްޙީ ސާމާނު ހަދިޔާ ކުރަމުންނެވެ.

އެގޮތުން އެއިމްސް އަދި ހެޕީ މާކެޓުގެ ފަރާތުން މިހާރު ވަނީ އައްޑޫ ހޮސްޕިޓަލާއި ހެލްތު ސެންޓަރުތަކަށް 500 ފޭސް ޝީލްޑް ހަދިޔާކުރަން ނިންމާފައެވެ. އަދި ވެލާ ޕްރައިވެޓް އައިލޭންޑް ރިސޯޓުން މިއަދު ވަނީ އައްޑޫ އަށް ބައެއް ސިއްހީ ސާމާނުތަކެއް ހަދިޔާކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި ވެލާ އިން ހަދިޔާ ކޮށްފައިވަނީ 10،000 ސަރޖިކަލް މާސްކެވެ. އައްޑޫ އީއޯސީއިން ވަނީ ވެލާ ޕްރައިވެޓް އައިލެންޑްގެ މެނޭޖްމެންޓުގެ މި އެހީ އަށް ޝުކުރު އަދާކޮށްފައެވެ.