Last Updated: May 7, 21:23
Tuesday, May 7, 2024
ޚަބަރު

ވެލާ ރިސޯޓުން އައްޑޫ އަށް ސިއްޙީ ސާމާނު ހަދިޔާ ކޮށްފި

Photo: Addu City Council

ވެލާ ޕްރައިވެޓް އައިލެންޑް މޯލްޑިވްސް އިން އައްޑޫ އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އީއޯސީ) އަށް ސިއްޙީ ސާމާނު ހަދިޔާ ކޮށްފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ހާމަކޮށްފައިވާ ގޮތުގައި ވެލާ އިން ހަދިޔާ ކޮށްފައިވަނީ 10،000 ސަރޖިކަލް މާސްކެވެ. އައްޑޫ އީއޯސީއިން ވަނީ ވެލާ ޕްރައިވެޓް އައިލެންޑްގެ މެނޭޖްމެންޓުން ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކޮށްފައެވެ.

ކޯވިޑް-19 އާއި ގުޅިގެން އައްޑޫ އާއި ރާއްޖޭގެ އެކި ވިޔަފާރިތަކާއި ކުންފުނިތަކުން ދަނީ އައްޑޫގެ އެކި އިިދާރާތަކާއި، ހޮސްޕިޓަލް އަދި ސްކޫލްތަކަށް ސިއްޙީ ސާމާނު ހަދިޔާ ކުރަމުންނެވެ.

ވެލާއިން މީގެކުރިން ވަނީ ރާއްޖެއަށް ވަނީ 10،000 ޓެސްޓު ކިޓާއި، 5 ވެންޓިލޭޓަރާއި، 10،000 ފޭސް މާސްކާއި 200 ރެސްޕިރޭޓަރާއި 500 ޕީޕީޓީ ކިޓް ހަދިޔާކޮށްފައެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ވެސް ވެލާ އިން ވަނީ ގިނަ އެހީތަކެއް ފޯރުކޮށްދީފައެވެ.