Last Updated: June 9, 14:14
Tuesday, June 9, 2026
ސިޔާސީ

"ހުޅުމީދޫ މަޝްރޫއުތައް 2014 ގައި ނިންމާނަން"

ނަޝީދު އިއްޔެ މީދޫ ޗާމިން ގެސްޓް ހައުސްގައި. ފޮޓޯ/ އިބްރާހީމް ޒުހުރީ

ދެން އަންނަ އެމްޑީޕީގެ ސަރުކާރުން ހުޅުމީދޫގެ ތަރައްގީއަށްޓަކައި ފަށާފައިވާ މަސައްކަތްތައް މި ސަރުކާރުން ހުއްޓާލާފައި ވިޔަސް ހުޅުމީދޫގެ ތަރައްގީއަށްޓަކައި ފަށާފައިވާ މަސައްކަތްތައް 2014 ވަނަ އަހަރު ނިމުމުގެ ކުރީން ނިންމަވާނެކަ މަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަ ނަޝީދު ވިދާޅުވެއްޖެ އެވެ.

އިއްޔެ މީދު އަށް އެ މަނިކުފާނު ކުރެއްވި ކުރު ދަތުރުފުޅުގައި ހުޅުދޫ ޝަބްނަމީގޭގެ ގޯތިތެރޭގައި ތައްޔާރުކޮށްފައިވާ އެމްޑީޕީ ޖަގަހަ ހުޅުއްވައި ދެއްވި އެވެ.

މި ބައްދަލުވުމުގައި ނަޝީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބު އެއްބުރުން ކާމިޔާބު ކުރެވޭނެކަން ޔަޤީން ލިބިގެން ދަނީ އެމްޑީޕީއަކީ ވައުދު ފުއްދާ ޕާޓީއެއްގެ ގޮތުގައި ރައްޔިތުން ބަލައިގެންފައިވާތީ ކަމަށެވެ.

ނަޝީދު އިއްޔެ ހުޅުމީދު އަށް ކުރެއްވި ދަތުރުފުޅުގައި ހުޅުދޫގައި އެމްޑީޕީގެ ދެ ޖަގައެއް ހުޅުއްވާ ދެއްވުމުގެ އިތުރަށް މީދޫގައި ހިންގަމުންދާ ޗާމިން ގެސްޓް ހައުސަށް ޒިޔާރަތްކޮށް އެ ގެސްޓް ހައުސް ހިންގަމުންދާ ފަރާތާ ބައްދަލުކޮށް ގެސްޓް ހައުސް ހިންގަމުން ދާގޮތުގެ މައުލޫމާތު އޮޅުންފިލުއްވި އެވެ.