Last Updated: May 7, 18:19
Tuesday, May 7, 2024
ޚަބަރު

ޑީޑީޖީއެމް ގެ ސޯޝަލް ޓިއުންސް ވެބިނަރ އެއް އާދިއްތަ ދުވަހު ބާއްވަނީ

ޑައިރެކްޓް ޑިމޮކްރަސީ ގްލޯބަލް މޯލްޑިވްސް (ޑީޑީޖީއެމް) ގެ ސޯޝަލް ޓިއުންސްގެ ފުރަތަމަ ވެބިނަރ އާދިއްތަ ދުވަހު ބާއްވަން ހަމަ ޖައްސައިފިއެވެ.

މި ވެބިނަރ ގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލުމަށް ހަމަޖެހިފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ މަސައްކަތްތެރިންގެ ހައްޤުތައް ރައްކާތެރި ކުރުމާއި، އިންސާނީ ވަގުފާރި ހުއްޓުވުމުގެ މައްޗަށެވެ.

މި ވެބިނަރ ގެ ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެލައްވާނީ އިންޑިޕެންޑެންޓް ކޮންސަލްޓަންޓެއް ކަމަށްވާ އަލްފާޟިލް އަލީ ހުސައިން ދީދީ، ދިވެހި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ ޑީން ޑރ. އާސިމް އަބްދުލް ސައްތާރު އަދި ސިމްޑީ ގްރޫޕްގެ ސީއީއޯ އާއި ބެލްޖިއަމްގެ އޮނޮރަރީ ކޮންސުލް ޑރ. މަރިޔަމް ޝަކީލާގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރ އަހުމަދު ހައިތަމް އެވެ.

މި ވެބިނަރ މޮޑަރޭޓް ކޮށްދެއްވާނީ ޕޮލިޓިކަލް ސައިންސްގެ މާހިރެއް ކަމަށްވާ ޑރ. ރަޝީދާ މުހައްމަދު ދީދީއެވެ. އަދި ސައިން ލޭންގުއޭޖް އިންޓަޕްރެޓަރ އެއްގެ ގޮތުގައި ބައިވެރިވެލައްވާނީ ސްޕެޝަލް އެޑިއުކޭޝަން ލީޑިންގ ޓީޗަރ މަރިޔަމް ފަޒްނީއެވެ.

މި ޕްރޮގްރާމް ގެނެސްދިނުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން ހަވީރު 4:00 ގައި ޑައިރެކްޓް ޑިމޮކްރަސީ ގްލޯބަލް (ޑީޑީޖީ) ގެ އޮފިޝަލް ފޭސްބުކް ޕޭޖު މެދުވެރިކޮށެވެ.

ޑީޑީޖީއެމް އަކީ ތިންކް ޓޭންކެއް ގޮތަށް ކުރިއަށް ގެންދާ، އިޖުތިމާއީ އެކިއެކި މައްސަލަތަކަށް ހައްލެއް ހޯދުމަށް މަސައްކަތްކުރާ، ހިލޭ ސާބަހަށް މަސަައްކަތްކުރާ ޖަމްޢިއްޔާއެކެވެ.

މި ޖަމްޢިއްޔާއާއި ބެހޭ އިތުރު މަޢުލޫމާތު ޖަމްޢިއްޔާގެ ވެބްސައިޓް Www.ddgm.org އިން ލިބިގެން ދާނެއެވެ.