Last Updated: April 25, 10:47
Thursday, April 25, 2024
ޚަބަރު

މީދޫ އަންހެނަކު ގެއްލިގެން ހޯދަނީ

ސ. މީދޫގެ އަންހެނަކު ގެއްލިގެން އޭނާގެ އާއިލާއިން ހޯދަން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުން އަންނަނީ އެރަށު، ވެހި، މަރިޔަމް މަނިކުފާނުއެވެ.

މަރިޔަމް މަނިކުފާން ގެއްލިގެން ހޯދަމުން އަންނަ ކަމަށް ފޮޓޯ އާއި އެކު އާއްމުކޮށްފައިވަނީ އޭނާގެ އަންހެން ކުއްޖެކެވެ. އެކުއްޖާ ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުން އޭނާގެ މަންމަ ގެއިން ނިކުމެގެން ގޮސްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އަދި އޭނާގެ މަންމަ މިއަދު ފެނުނު މީހހަކު ހުރި ނަމަ 9132132 ގުޅައި މައުލޫމާތު ދިނުމަށްވެސް ވަނީ އެދިފައެވެ.

އެނގިފައިވާ ގޮތުގައި މަރިޔަމް މަނިކުފާން ގެއްލިގެން އުޅޭ މައްސަލަ މިހާރު ވަނީ ހުޅުމީދޫ ޕޮލިސް ސްޓޭޝަނަށްވެސް އާއިލާއިން ހުށަހަޅާފައެވެ.

ތަފްސީލް އަންނަނީ…….