Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

މަޖީދީ މަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެއްޖެ

މާލޭގެ މަޖީދީ މަގުގައި ހުރި ފިހާރައެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ މިއަދު 13:00 އެހާއިރު މަޖީދީ މަގުގައި ހުންނަ އެކްސީޑް ފިހާރައިގެ ދެވަނަ ފަންގިފިލާގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއިއެކު އެމްއެންޑީއެފްގެ ފަޔާ އެންޑް ރެސްކިއު ސާވިސް ޓީމުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މިހާރު އަލިފާންގަނޑުގެ 90 ޕަސެންޓު ފަޔާ ޓީމުން ކޮންޓްރޯލް ކޮށްފައިވާ އެމްއެންޑީއެފް އިން ބުނެއެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވަތަ ގެއްލުމެއް ލިބިފައެއް ނުވެއެވެ.

މިހާރު އަލިފާންގަނޑު ވަނި ނިއްވާލައިފައެވެ.