ބަނގުރަލުގެ މައްސަލައެއްގައި އައްޑޫ ދެ މީހަކާ އެކު އިތުރު އަންހެނެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވައިފި އެވެ.
ދައުވާ ކުރަން ފުލުހުން ފުލުހުން ޕީޖީ އަށް ފޮނުވީ ސ. ފޭދޫ ހިޔަލީގެ، އަޙްމަދު މިންތާޒް، 45، އާއި ހުޅުދޫ، ނޫރަންވިލާ، އަޙްމަދު އަޙްލާމް، 42، އާއި އއ. މަތިވެރި، ހުވަނދުމާގެ، ރިސްމާ އުމަރު 23، ގެ މައްޗަށެވެ.
މި ތިން މީހުންގެ މައްޗަށް ދަޢުވާކުރަން އެދުނީ އޮކްޓޫބަރު 10، 2010 ކުލީ އެޕާޓްމަންޓެއްގެ ތެރޭގައި މި ތިން މީހުން ބަނގުރާ ބޭނުންކޮށް އެތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ބަލައި ތަހުގީގު ކުރުމަށް ފަހު އެވެ.
ފުލުހުން ބުނީ އޭރު އެމީހުން ހައްޔަރު ކުރި އިރު އެމީހުން ތިބި އެޕާޓްމަންޓް ތެރޭ ހުރި މޭޒެއް މަތީގައި ބަނގުރާ އަޅާފައި ހުރި ތިން ތައްޓާއި ރާ ފުޅިއެއް ހުއްޓާ ހުރި ކަމަށާއި އެ އެޕާޓްމަންޓްގެ ކޮޓަރިއެއް ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން ހަތަރު ފުޅި ބަނގުރާ ވެސް ފެނުނު ކަމަށެވެ.
އެ މީހުން ޓެސްޓް ކުރި އިރު ބަނގުރާ ބްރެތިލައިޒާ ބޭނުންކޮށްގެން ތިބި ކަމަށް ޕޮޒިޓިވް ވި ކަމަށް ވެސް ފުލުހުން ބުންޏެވެ.