Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހައިކޯޓުން ވެސް އޮންލައިން ޝަރީއަތްތަކާއި ދިމާލަށް

ދިވެހިރާއްޖޭގެ ހައިކޯޓު: ފޮޓޯ / އަވަސް

ހައި ކޯޓުގެ ޝަރީއަތުގެ މަޖިލިސްތައް އޮންލައިންކޮށް ލައިވް ކުރުމަށް އެ ކޯޓުން ނިންމައިފިއެވެ.

އެކޯޓުން ބުނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެކޯޓުން ބާއްވާ ޝަރީއަތް ލައިވްކޮށް އާއްމުންނާއި ހަމައަށް ގެނެސްދޭނެ ކަމަށެވެ. އެގޮތުން ބާއްވާ ފުރަތަމަ ޝަރީއަތް މިއަދުގެ 11:30ގައި ބާއްވާނެއެވެ.

ހައިކޯޓުން ވެސް ވަނީ ރާއްޖެއިން ކޮވިޑް19 ފެނި މާލެ ސަރަހައްދު ލޮކްޑައުން ކުރުމާއިއެކުގައި އޮންލައިންކޮށް އެ ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ.

ހައިކޯޓުގެ އިތުރުން ސިވިލް ކޯޓުންވެސް މިހާރު ވަނީ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ސިވިލް ކޯޓުން ޝަރީއަތްތައް ކުރިއަށް ގެންދާނެ އުސޫލު އެކުލަވާލާ މިއަދުން ފެށިގެން އެ އުސޫލަށް އަމަލުކުރަން ކުރަން ފަށާފައެވެ.

އަދި ސުޕްރީމް ކޯޓުން ވެސް މިހާރު މައްސަލަތައް ކުރިޔަށް ގެންދަނީ އޮންލައިންކޮށެވެ. އެގޮތުން ސުޕްރީމް ކޯޓުން ކުރިޔަށް ގެންދާ މައްސަލަތައް އަންނަނީ ލައިވް ކުރެވޭ މައްސަލަތަކުގައި ލައިވްވެސް ކުރަމުންނެވެ.