Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ހިތަދޫ މަގެއްގެ މައްޗަށް ވެއްޓިފައި އޮތް އެއްލައްކަ ރުފިޔާ ވެރިފަރާތާ ހަވާލުކޮށްފި

އައްޑޫ ސިޓީގެ ހިތަދޫ މަގެއްގެ މައްޗަށް ވެއްޓިފައި އޮތް އެއްލައްކަ ރުފިޔާ ފުލުހުން ވެރިފަރާތާއި ހަވާލުކޮށްފިއެވެ.

ފުލުހުން ބުނީ މި މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިތަދޫގެ މަގެއްގެ މައްޗަށް ވެއްޓިފައި އޮތް 100،000 ރުފިޔާ ބިދޭސީ އަކު ފުލުހުންނާ ހަވާލުކުރި ކަމަށެވެ. އަދި 6ވަނަ ދުވަހުގެ މެންދުރު 13:35 އެހާއިރު އޭގެ ވެރިފަރާތަށް ފައިސާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ފުލުހުން ވަނީ އެހާ ގިނަ އަދަދެއްގެ ފައިސާ އަމާނާތްތެރިކަމާއި އެކުގައި ފުލުހުންނަށް ހަވާލު ކުރުމަށް އައިސްފައިވާ ބިދޭސީ މީހާއަށް ޝުކުރު އަދާކޮށްފައެވެ.