ޝަރަފުވެރިކަމުގެ ޤައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ޤައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މި މަހުގެ 22 ވަނަ ދުވަހުގެ ރޭ ދޭ ގޮތަށް ހަމަޖައްސައިފި އެވެ.
މި އިނާމުތައް ދެއްވާނީ މިނިވަން ދުވަހުގެ މުނާސަބަތުގައި އެރޭ 8.30 ގައި ދަރުބާރުގޭގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
މި އިނާމުތައް ކުރިން ޢާންމުކޮށް ދެއްވަމުން ގެންދަވަނީ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާގަ އެވެ.
އެހެން ނަމަވެސް، މި އަހަރު މިނިވަން ދުވަހާ ގުޅިގެން މި އިނާމުތައް ދެއްވާ ގޮތަށް ހަމަޖެއްސެވީ އެވެ.