Last Updated: April 24, 06:35
Wednesday, April 24, 2024
ދުނިޔެ

ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވުމުން ތައިލޭންޑްގެ އިތުރު ވިޔަފާރިތައް ހުޅުވާލަނީ

Photo: Brittanica

ތައިލޭންޑުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވުމާއެކު، އިތުރު ވިޔަފާރިތައް ހުޅުވާލަން އެޤައުމުން ނިންމައިފިއެވެ.

އެގޮތުން މި ތަންތަން ހުޅުވާލެވޭނީ ވަކީ ޕްލޭނެއްގެ ދަށުންނެވެ. މިކަން އެޤައުމުން މިއަދު އިއުލާން ކޮށްފައިވަނީ އެޤައުމުން ކޯވިޑް-19 ގެ ލޯކަލް ކޭސް އެއް ފެނިފައިނުވާތާ 16 ދުވަސް ފަހުންނެވެ.

ޓަވީސިން ވިސަނުޔޮތިން، ތައިލެންޑުގެ ސެންޓަރ ފޯ ކޯވިޑް-19 ސިޗުއޭޝަން އެޑްމިނިސްޓްރޭޝަން ގެ ތަރުޖަމާން ވިދާޅުވީ "ހައި ރިސްކު" ތަންތަން ހުޅުވާލުމުގެ އިތުރު ފޭސްގެ ޕްލޭން ކަނޑައެޅިގެން ދާނީ ހުކުރު ދުވަހު ކަމަށެވެ.

ނިސަނުޔޮތިން އިތުރަށް ވިދާޅުވި ގޮތުގައި ސްކޫލްތައް ، ޑައިން އިން ރެސްޓޯރެންޓު ތަކުގެ ރާ ވިއްކުން، އިށީނުމުގެ ވަކި އިންތިޒާމު ތަކެއް ހަމަޖެހިފައިވާ ޝޯވްތައް، އެމިއުޒްމެންޓް ޕާކު، ޕާކު، އަދި ބޭރުގައި ކުޅެވޭ ކުޅިވަރު ފެސިލިޓީތައް ހުޅުވާލުމަށް މިހާރު ހަދާފައިވާ ޕްލޭންގައި ވަގުތީ ގޮތުން ހިމެނިފައިވާ ކަމަށެވެ. ނަމަވެސް މިކަންކަން ކަނޑައެޅޭނީ ހުކުރު ދުވަހުއެވެ.

މި ވިޔަފާރި ތަކާއި ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ 15 ޖޫން އާއި 30 ޖޫން އާއި ދެމެދުގެ ދުވަހެއްގައެވެ.