Last Updated: May 13, 09:23
Tuesday, May 13, 2025
ޚަބަރު

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރަން ހުށަހަޅައިފި

ބައެއް ފިހާރަތަކުން ވަކިން ސިނގިރޭޓު ވިއްކުން ހުއްޓާލައިފި- ފޮޓޯ- މީސް މީޑިއާ

ރާއްޖެއަށް އެތެރެކުރާ ސިނގިރޭޓުން މިހާރު ނަގަމުން އަންނަ ޑިއުޓީ ބޮޑު ކުރުމަށް އިމްޕޯޓް އެކްސްޕޯޓު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން މި ބިލް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވީ ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ވިސާމެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތަކުން ކޮންމެ ސިނގިރޭޓަކުން ޑިއުޓީގެ ގޮތުގައި ނަގަނީ ދެ ރުފިޔާއެވެ. ވިސާމް ހުށަހެޅި އިސްލާހުގައި ސިނގިރޭޓަކަށް ނަގާ ޑިއުޓީ ތިން ރުފިޔާއަށް ބޮޑުކުރަން ވަނީ ހުށަހަޅާފައެވެ.

އަދި ސިނގިރޭޓެކޭ އެއްގޮތަށް ބިޑިން ވެސް 25 ޕަސަންޓުގެ ޑިއުޓީ އެއް ނެގުމަށް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކޮންމެ ބިޑިއަކުން ތިން ރުފިޔާ ނެގުމަށް އިސްލާހު ވަނީ ހުށަހަޅައިފައެވެ.

ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑުކުރަން މިއަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި ވެސް ވަނީ ހިމަނައިފައެވެ.