Last Updated: June 9, 14:14
Tuesday, June 9, 2026
މުނިފޫހިފިލުވުން

"މެހުރުއްނިސާ" ގެ ޝޫޓިން އަންނަ މަހު

ސުދީރު މިޝްރާ ޑައިރެކްޓްކޮށް އަމީތާބް ބައްޗަން އާއި ރިޝީ ކަޕޫރު އަދި ޗިތުރަންގަދާ ލީޑް ރޯލް ކުޅޭ "މެހުރުއްނިސާ" ގެ ޝޫޓިން އަންނަ މަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ފިލްމުގެ މަންޒަރުތައް ނަގަން ހަމަޖެހިފައި ވަނީ ލަކްނޯގަ އެވެ. މި ފިލްމަކީ ގިނަ އަހަރުތަކަކަށް ފަހު ރިޝީ އާއި އަމީތާބް އެކުގައި ކުޅޭ ފުރަތަމަ ފިލްމެވެ.

އެ ދެ ތަރިން އެކުގައި އެންމެ ފަހުން ފެނިފައި ވަނީ މީގެ 22 އަހަރު ކުރިން ޝަޝީ ކަޕޫރު ޑައިރެކްޓް ކުރި 1991 ވަނަ އަހަރުގެ ފިލްމް "އަޖޫބާ" އިންނެވެ.

އޭގެ ފަހުން 2011 ވަނަ އަހަރު ރިލީޒްވި "ދިއްލީ 6" ގައި ދެ ތަރިން ހިމެނުނު ނަމަވެސް، އެކުގައި އެއްވެސް މަންޒަރެއް ކުޅެފައެއް ނުވެ އެވެ. އެކަމަކު "މެހުރުއްނިސާ" ވެގެން ދާނީ ދެ މީހުންގެ ބޮޑު ކުރިމަތިލުމަކަށެވެ.

މި ފިލްމުގައި އަމީތާބާއި ރިޝީ ފެނިގެން ދާނީ އެއް އަންހެނަކު ދެކެ ލޯބިވާ، މުސްލިމް އަދި ހިންދީ ކެރެކްޓާތަކުންނެވެ.

"މެހުރުއްްނިސާ" އަކީ ސުދީރްގެ ފެވަރިޓް ބަތަލާ ޗިތުރަންގަދާ އާ އެކު "އިންކާރު" އަށް ފަހު އޭނާ ޑައިރެކްޓް ކުރާ ފުރަތަމަ ފިލްމެވެ.