Last Updated: May 7, 11:33
Tuesday, May 7, 2024
ޚަބަރު

ޖުލައި މަހުން ފެށިގެން ރާއްޖެ އަންނަ ފަތުރު ވެރިން ކަރަންޓީނު ކުރުމެއް ނެތް!

މިނިސްޓްރީ އޮފް ޓުއަރިޒަމްގެ ވީޑިއޯ އިން ނަގާފައި

ބޮޑު ފުރަ ބަންދަކަށް ފަހު ރާއްޖެ ޖުލައި މަހު ހުޅުވާލާ އިރު، އެއްވެސް ފަތުރުވެރިއަކު ކަރަންޓީނު ނުކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓްރީ އިން ހާމަ ކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ޓުއަރިޒަމް މިނިސްޓްރީގެ ސޯޝަލް މީޑިއާ އެކައުންޓު ތަކުން ޝާއިރު ކުރި ވީޑިއޯގައި ބުނާ ގޮތުން، ހުރިހާ ފަތުރުވެރިންނަށްވެސް އޮން އަރައިވަލް ވިސާ ލިބިގެން ދާނެއެވެ. އަދި ކަރަންޓީނު ކުރުމެއް ވެސް ނޯންނާނެއެވެ. މީގެ އިތުރުން، އެއްވެސް އިތުރު ފީއެއް، ޚަރަދެއްވެސް ނޯންނާނެ ކަމަށް އެ ވީޑިއޯގައި ހާމަ ކޮށްފައިވެއެވެ.

އަދި ކުރިއަށް ވުރެ ރަނގަޅު ޗުއްޓީ ޕެކޭޖުތައް ލިބިގެން ދާނެ ކަމަށްވެސް ވީޑިއޯގައި ބުނެފައި ވެއެވެ.

މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ޝާއިރު ކޮށްފައިވާ ދެވަނަ ވީޑިއޯއެވެ. މީގެ ދެ ދުވަސް ކުރިން އެ މިނިސްޓްރީ އިން ވަނީ މިނިސްޓްރަ އަލީ ވަހީދު ފިނޮޅެއްގައި މަސައްކަތް ކުރުމަށް ފަހު، ދުވެފައި ގޮސް ޑިންގީ އަކަށް އަރާ ދުއްވާލާތަން ފެންނަ ވީޑިއޯއެއްވެސް ޝާާއިރު ކޮށްފައެވެ.

މި ވީޑިއޯ އާއި ގުޅިގެން މީސް މިޑިއާގައި ވީޑިއޯ އަށް ކުރެވުނު ޚަރަދާއި ބެހޭ ގޮތުން އެކި ވާހަކަ ދެކެވުމާއެކު، މިނިސްޓްރީ އިން ވަނީ ވީޑިއޯ އަށް ޚަރަދު ވީ 3،000 ރުފިޔާ ކަން ހާމަ ކޮށްފައެވެ. ނަމަވެސް ދެވަނަ ވީޑިއޯއަށް ކުރެވުނު ޚަރަދުގެ ތަފްސީލެއް އަދި ހާމަ ކޮށްފައި ނުވެއެވެ.