Last Updated: May 13, 06:36
Tuesday, May 13, 2025
ޚަބަރު

ލ. އަތޮޅުން އައްޑޫއަށް ޔެލޯ އެލާޓު ނެރެފި

އައްޑޫއަށް ކުރި ވިއްސާރާގައި މަގެއްގައި ފެންބޮޑުވެފައި --

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ޔެލޯ އެލާޓު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު ހެނދުނު 09:00 ން މެންދުރު 12:00 އަށް ޔެލޯ އެލާޓު ނެރެފައެވެ. ދެ އަތޮޅަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

މިއަދު ރާއްޖޭގެ ގިނަ ރަށްތަކަށް ވިއްސާރަ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާއިރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަ ވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށްވެސް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.

ދާދިފަހުން ވެސް އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހުމުގެ ސަބަބުން ގިނަ އަދަދެއްގެ ގެތަކަށް ވަނީ ގެއްލުންތައް ލިބިފައެވެ.