Last Updated: July 25, 17:57
Saturday, July 25, 2026
ޚަބަރު

ހުޅުދޫ ބަލި މީހަކު މާލެ ގެންދަނިކޮށް މަރުވެއްޖެ

ސ. ހުޅުދޫ ދުވަސްވީ އަންހެނަކު ރޭ ވައިގެ މަގުން މާލެ ގެންދަނިކޮށް ބޯޯޓްމަތީގައި މަރުވުމާ ގުޅިގެން ރަށަށް ގެނައުމުގެ މަސައްކަތް ފަށައިފި އެވެ.

ހުޅުދޫ ކޯޒީކޯނާ ފާތިންދިޔެ ރޭ ވަރަށް ބޮޑަށް ބަލިވުމާ ގުޅިގެން ހުޅުމީދޫ ސިއްހީ މަރުމަކަޒުން ފަރުވާ ދިނުމަށް ފަހު ރޭ ވަނީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ވެސް ފަރުވާ ދީފަ އެވެ.

އުމުރުން 70 އަަށް ވުރެ މައްޗަށް ގޮސްފައިވާ ފާތިންދިޔެއަކީ ވަރަށް ބޮޑަށް ނޭވާ ހިއްލާ މީހެކެވެ.

އެހެން ނަމަވެސް އޭނާ އަށް އިތުރަށް ފަރުވާ ދިނުމަށް އޮކްސިޖަން ގުޅައިގެން ފުރުވާލާފައި ވަނިކޮށް ބޯޓްމަތީގައި މަރުވުމާ ގުޅިގެން ކައްދު އެއާޕޯޓަށް ބޯޓް ޖައްސައި، ފާތިންދިޔެގެ ހަށިގަނޑު އެ ރަށަށް ވަނީ ބާލައިފަ އެވެ.

އެހެންވެ ލޯންޗެއްގައި އޭނާ ހުޅުދު އަށް ގެނައުމުގެ މަސައްކަތް އާއިލާގެ ފަރާތުން މިހާރު އަންނަނީ ކުރަމުންނެވެ.