Last Updated: April 26, 15:02
Friday, April 26, 2024
ޚަބަރު

ސިބްކޯ އިން ޑޭޑީ ނޫޑްލްސް ތައާރަފު ކޮށްފި

ސިބްކޯ އިން ޑޭޑީ ބްރޭންޑްގެ ނޫޑްލްސް ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ސިބްކޯގެ މެނޭޖަރ މާކެޓިންގ އެންޑް ކޮމިއުނިކޭޝަންސް، ހާނީ ނަޢީމް ވިދާޅުވީ ޑެޑީ ނޫޑުލްސް އަކީ މެލޭޝިއާގެ ސަރަވަކްގެ އުފެއްދުމެއްކަމަށާއި މިއީ ކޮލިޓީގެ ގޮތުން ރަނގަޅު 2 ރަހައެއް އެކުލެވޭ އުފެއްދުމެކެވެ. އެގޮތުން 365 ކަރީ ފްލޭވާރ އަދި ތްރީ އިން ވަން ޗިކަން ފްލޭވަރ ނޫޑްލްސް ލިބޭނެ.

ހާނީ އިތުރަށް ވިދާޅުވީ "ދިވެހިންނަކީ ތަފާތު އެކި ގޮތްގޮތަށް ނޫޑްލްސް ތައްޔާރުކުރާ ބައެއް. ޑެޑީ 365 ކަރީ އަކީ ކުޅި ރަހައެއް އެކުލެވޭ ސުޕް ނޫޑްލްސް ނުވަތަ ހިކިކޮށް ތައްޔާރުކުރެވޭ ނޫޑްލްސް. އަދި ތްރީ އިން ވަން ޗިކަން ފްލޭވަރ ނޫޑްލްސްއަކީ ހުހަށްވެސް ކާލެވޭ، ސުޕް ނުވަތަ ހިކިކޮށް ކައްކާލެވޭނެ ނޫޑްލްސް އެއް".

ޑެޑީ ނޫޑްލްސް ހޯލްސޭލްކޮށް މިހާރު ސިބްކޯ ބާޒާރު އަދި ސިބްކޯ ފުވައްމުލަކުން ލިބިވަޑައިގަންނަ ާވނެ. އަދި އަންނަ ހަފްތާގައި ސިބްކޯ އައްޑޫ އިން ވެސް ލިބެން ހުންނާނެ. މީގެ އިތުރުން ޑެޑީ ނޫޑްލްސް ހދ. ކުޅުދުއްފުށީ ސަތޭކަ ފިހާރައިން ވެސް ލިބިވަޑައިގަންނަވާނެ.

ސިބްކޯ އަކީ ރާއްޖޭގެ ބާޒާރުގައި މަޝްހޫރު އަލްމުދިޝް ހިކި ކިރާއި، އަލްމުދިޝް ޓޮމާޓޯ ޕޭސްޓު، ފަލަކު ބާސްމަތީ ހަނޑޫ ގެ އިތުރުން ކުޑަކުދިންނަށް ޚާއްސަ ނެފީއެއް ކަމުގައިވާ މަމީ ޕޮކޯ ޕޭންޓްސް އާއި ޑިއުރަސެލް ބެޓެރީ އަދި ޓެޓްލީ ޓީ އާއި ވޮންޑާ ޕްރީމިއަމް ކޮފީ ފަދަ ބްރޭންޑްތަކުގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރއެވެ.