Last Updated: May 8, 18:18
Wednesday, May 8, 2024
މުނިފޫހިފިލުވުން

އެ ގުޅުން ވަކި ނުވެވޭނެ

(އޮގަސްޓް 12، 2013 ވަަނަ ދުވަހުގެ ބަޔާ ގުޅޭ)

"ދޫކޮށްލާ އެންމެން އޭނަގެ ގައިން، ބައްޕަ އާއި ފިރިހެން ދަރިއެއްގެ ރުޅިއަކީ މި ބީއްސާލާ ރާޅު ކަހަލަ ރުޅިއެއް. ހިނދުކޮޅަކުން ތިރުޅި މައިތިރީވީމާ ގެއަށް އައިސްދާނެ." އެވަގުތު ރަހްމާނު ހުރެފަ ބުނެލި އެވެ. އެންމެން ދޫކޮށްލާ އިރަށް އުނައިސް ނިކުމެ ސައިކަލަށް އަރައިގެން ދިޔައީ އެވެ.

އުނައިސް ދިޔަ ގޮތަށް ދިޔައީ ހީނާ ކައިރިއަށެވެ، އަދި ދިމާވި ހާދިސާ ކިޔައި ދިނެވެ. ހީނާ އިންތަނުން ތެދުވި އެވެ. އަދި އުނައިސް އާ ކުރިމަތިލި އެވެ.

"އުނައިސް އަހަރެން ލޯބިވަނީ ހަމައެކަނި އުނައިސް ދެކެ. އުނައިސްގެ ގަދަރުވެރި ފެމިލީ އަދި ކޮއްކޮމެން މިއީ އަހަރެންނަށް މުހިއްމު ބައެއް ނޫން. އުނައިސް އާ މެދު އެމީ ހުން އެ ގޮތަށް ކަންތައް މިއަދު އެކުރީ ބަލަން ހުންނާތި މާދަމާ ވާގޮތް. ހިނގާ އަހަރެމެން ގެއަށް. ފަހަރެެއްގައި ވެސް އަހަރެންގެ ބައްޕަ އަހަރެމެން ދެރަކޮށެއް ނުލާނެ." ހީނާ އުނައިސް ގެ އަތުގައި ހިފައިގެން އޭނާގެ ގެއަށް ދިޔަ އެވެ.

އޭރު ހީނާގެ ބައްޕަ ޝާހިދު ސިޓިންރޫމްގެ ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ.

"ބައްޕާ އަހަރެން މި އައީ އުނައިސް ގޮވައިގެން އެއްކޮށް. މިގޭގަ އުނައިސް އަށް ހުރެވޭނެ ދޯ ބައްޕާ؟"

"ދަރިފުޅާ އާދެބަލަ ބައްޕަ ބުނަންތަ ވާހަކައެއް. ކޮޓަރިއަށް އާދެބަލަ އަހަރެން ބުނާނަން."

"ބައްޕަވެސް ބުނަން ބޭނުން އެއްޗެއް ބުނޭ މިތާ އުނައިސް ކުރިމަތީ."

"ކޮންމެ ގޮތެއް ވިޔަސް ގެއިން ތި ގޮތަށް ނެރެލާފަ ހުރި މީހަކާ އަހަރެންގެ ހުރި ހަމައެކަނި ދަރިފުޅު ގުޅޭކަށް އަހަރެން ބޭނުމެއް ނޫން. ދެންމެގަ އަހަރެންނަށް ސަލީމް ހުރިހާ ވާހަކައެއް ފޯނުން ކިޔައި ދީފި. ގޭގެ މުދަލުން ވެސް އުނައިސް ބާކީކޮށްފަ މިފަދަ އަދި އަމުދުން ދިރިއުޅުމުގެ އެއްވެސް އެއްޗެއް ނެތް މީހަކާ އެކު ކިހިނެތް އަހަރެން ދަރިފުޅު ގަބޫލް ވާނީ؟"

"އަހަރެން ގެއިން އަހަރެން ނެރެލިޔަސް މުދަލުން ބާކީ ކުރިޔަސް އަހަރެން މިހިރީ ކިޔަވައިގެން ރަނގަޅު ވަޒީފާއެއް ހޯދައިގެން އަހަރެން ހީނާ ގެންގުޅޭނީ ނުހަނު އުފަލުން. އެއްވެސް ކަމެއް ހީނާ އަށް އުންޏެއް ނުކުރާނަން." ސާބިތުކަމާ އެކު އުނައިސް ބުންޏެވެ.

"ތިކަހަލަ ފޮނި ވާހަކަތަކަށް އަހަރެންގެ ދަރިފުޅު ކަލެއަކަށް ނުދެވޭނެ." ހިތްހަމަނުޖެހިފައި ޝާހިދު ބުންޏެވެ.

"ބައްޕާ…އަހަރެން ބައްޕަގެ ކޮންމެ އަމުރަކަށް ކިޔަމަންވިން އަދި ހުރިހާ ފަހަރެއްގަ ބައްޕަ ކަންތައް ކޮށް ދިނީ އަހަރެންގެ އުފަލަށް ވިސްނައިގެން. އަހަރެން ހީކުރީ މި މަރުހަލާގަ ވެސް ބައްޕަ އަހަރެންގެ އަތުގައި ހިފާނެ ކަމަށް. އެކަމަކު ބައްޕަ މިއަދު އަހަރެންގެ ލޯބިވެރިޔާގެ ގަދަރުބ އުނިވާ ގޮަތަށް ވާހަކަ ތި ދެއްކީ. މަ ވެސް މިވަ ގުތުން ފެށިގެން މި ގެއިން މި ނިކުއްނަނީ ހިނގާ އުނައިސް ދާން." ހީނާ މިހެން ބުނެފައި އުނައިސް ގެ އަތުގައި ހިފައިގެން ހިނގައިގަތެވެ.

ޝާހިދު ހުރީ ބަސް ހުއްޓިފަ އެވެ. އޭނަގެ ދަރިފުޅުގެ މި ހިތްވަރުން އޭނާ ހައިރާން ކުރުވި އެވެ. ދެ މީހުން އެއްކޮށް ގޮސް ސައިކަލަށް އަރާ ދުއްވާލި އެވެ. އެވަގުތު ހީނާ ލަވައެއް ކިޔަން ފެށި އެވެ.

"އަހަރެން މި ގޮތަށް އަބަދުވެސް ކަލާގެ އަތުގައި ހިފާނަމެވެ.
ކަލާ އާ ދުރަކަށް ނުދާނަމެވެ.
އަހަރެމެންގެ ލޯބީގެ ތެދުވެރިކަން އަހަރެން މުޅި ދުނިޔެ އަށް ހާމަ ކުރާނަމެވެ.
ލޯބިން އަހަރެން ކަލާ އަށް ބަލާނަމެވެ. ކަލާތީ އަހަރެންގެ މިލްކަކަށް ހަދާނަމެވެ."

އެ ވަގުތު އުނައިސް ވެސް އެ ލަވައިގަ ބައިވެރިވި އެވެ.

"މިއީ ކަލާގެ ހިތެކެވެ. މި ހިތަށް ބާރު ފޯރުވޭނީ ހަމަ ކަލާއަށެވެ.
މިއަދު އަހަރެންނަށް ހަގިގީ ލޯބި ދަސްވެއްޖެ އެވެ." އުނައިސް އޭނާގެ ލޯ ފޮހެލި އެވެ.

"ކަލާއަށްޓަކާ އަހަރެން ހުރިހާ މީހުން ދޫކޮށްލާނަމެވެ.
ކަލާތީ އަހަރެންގެ ދިރިއުޅުމެވެ. އޭހިތުގެ ވެރިޔާއެވެ."

ދެ މީހުން ގޮސް ވަނީ ގެސްޓު ހައުސްއަކަށެވެ. އަދި ޖެހިޖެހިގެން ހުރި ދެ ކޮޓަރި ހިފި އެވެ. ހަފްތާއެއްގެ ތެރޭ ވަރަށް އާދައިގެ ގޮތަކަށް އެ މީހުން ކައިވެނި ކުރި އެވެ. އެ ކައިވެންޏަށް ދެ އާއިލާގެ އެކަކު ވެސް ނާދެ އެވެ. އެއްވެސް ހަފްލާއެއް ނެތި ކޯޓުގައި ދެ މީހުން ކައިވެނި ރަސްމިއްޔާތު ހެދި އެވެ.

(ނުނިމޭ)