Last Updated: June 9, 14:14
Tuesday, June 9, 2026
ސިޔާސީ

އިންތިހާބު އޮތީ އެމްޑީޕީގެ ކިހިލީގައި: ނަޝީދު

އެމްޑީޕީން ރޭ މާލޭގައި ބޭއްވި ޖަލްސާގެ ތެރެއިން. ފޮޓޯ/ ޖޭޑް

އެމްޑީޕީގެ ދަބަހަށް އިންތިހާބު ވަދެ ނިމިއްޖެ ކަމަށާއި އިންތިހާބު އޮތީ ކިހިލި ޖަހައިލައިގެން މޮޅުވާ ގޮތަށް ކަމަށާއި އެއީ އެމްޑީޕީން ވީ ވައުދުތައް ފުއްދާފައިވާތީ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިހެން ވިދާޅުވީ މާލޭ ރާޅުގަނޑު ސަރަޙައްދުގައި ރޭ ބޭއްވި އެމްޑީޕީގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ ވައުދުވާ ޕާޓީއެއްކަމަށާއި އަދި ވައުދު ފުއްދާ ޕާޓީއެއް ކަމުގަ އެވެ.
އެހެންކަމުން ރައްޔިތުން އެމްޑީޕީ އަށް ކުރާ ތާއީދު އިންތިހާ އަށް އޮތުރުވެ އެއްބުރުން އެމްޑީޕީން މިއިންތިޚާބު ކާމިޔާބު ކުރާނެ ކަމުގައި ވިދާޅުވި އެވެ.

އެމްޑީޕީގެ ސަރުކާރުގައި ރައްޔިތުނަށް ހިލޭ ބޭސް ފަރުވާ ކުރެވޭނެ ނިޒާމް ޤާއިމު ކުރި ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި ޖީބަށް ބޭސްފަރުވާ ކުރެވޭނެ މާލީ އެހީތެރިކަން ދައުލަތުން ފޯރުކޮ ށްދިން ކަމުގައި ވިދާޅުވި އެވެ.

"އެމްޑީޕީން ޖީބަށް ލައިދިނީ ބޭސްފަރުވާ ކުރެވޭނެ ފައިސާ. ސަލާން ޖެހުން ނިމުނީ،" ނަޝީދު ވިދާޅުވި އެވެ.

އަދި އެ މަނިކުފާނުގެ ރައީސް ކަމުގައި ދޮށީ އުމުރުގެ މީހުންނަށް ޕެންޝަން ދެވޭނެ އުސޫލާއި ނިޒާމު ޤާއިމު ކުރެއްވިކަމުގައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީއަކީ ވައުދުވާ ޕާޓީއެއްކަމަށް ތަކުރާރު ކުރައްވަމުން ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔަ ވުމުން ފުރަތަމަ އަހަރުގެ ތެރޭގައި 70 ރަށުގެ ނަރުދަަމާގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމުގައި ވިދާޅުވި އެވެ.

ބޭސް ފަރުވާ ހޯދުމަށް ޑޮކްޓަރު ގާތަށް ދިއުމުން ޑޮކްޓަރަށް ދައްކައި ނިމިގެ ރައްުިތުން ނިކުންނާނީ ބޭސް ކޮތަޅާއި އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.

ބަލިވެ ހާލުގައި ޖެހުނީމާ ވަޠަން ދޫކޮށް، އަނބިދަރިން ދޫކޮށް އަވަށްޓެރި ޤައުމުތަކަށް ދާން ޖެހުން ހުއްޓުވުމަކަށް ގެނެސް ދެއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ފެބްރުއަރީ 7، 2012 ވަނަ ދުވަހުގެ މައްޗަށް އަލިއަޅުވައި ނަޝީދު ވިދާޅުވީ ބަޣާވާތް ކުރުމުގައި އެ ބޭފުޅުން އިސްވެ ހަރަކާތްތެރިވީ އެމްޑީޕީ ސަރުކާރުން އާސަންދަ ތަަޢާރަފް ކުރުމުން "ޖަނަވަރީ 2012 ގައި މަހަކު އަޅުވެތި ކުރާނެ ރައްޔިތުން ނުލިބި" ދިވެހިންގެ ތަރައްޤީ އަށް ހުރަސް އެޅިގެން ދިޔަ ކަމުގައި ނަޝީދު ފާހަގަ ކުރެއްވިއެވެ.

އަދި ދިގު ތިރީސް އަހަރުގައި ކަން ހިނގައި ދިޔަ ގޮތް ރައްޔިތުން ހަނދާނުން ފިލައި ނުދާ ކަމުގައި ނަޝީދު ވިދާޅުވިއެވެ. ލަދަކާއި ނުލާ ދިގު 30 އަހަރުގައި ދައްކަމުން އައީ ދިވެހި ރާއްޖޭގެ ފަގީރުކަމާއި ރައްޔިތުންނަށް ފުރުޞަތު ނެތް ކަމުގެ ވާހަކަ ކަމުގައި ނަޝީދު ވިދަޅުވި އެވެ.

މީގެ އިތުރުން މިހާރު ދިވެހިންނަށް ސާފުވެ ޤަބޫލު ކުރަނީ މިއީ ދިވެހިންނަށް ޙައްޤު މިންވަރު ނޫން ކަމުގަ އެވެ. އަދި ދިވެހި ރާއްޖެއަކީ ވަޞީލަތްތައް ގިނަ މުއްސަނދި ޤައުމެއް ކަމުގައި ނަޝީދު ތަކުރާރު ކުރެއްވި އެވެ.