ސ. ހިތަދޫ އީދިގަލި ކުޅި ސަރަހައްދުގައި މިއަދު ހިނގި އެކްސިޑެންޓެއްގައި ކާރަކަށް ވަރަށް ބޮޑަށް ގެއްލުން ވެއްޖެ އެވެ.
މި އެކްސިޑެންޓް ހިނގާފައި ވަނީ ބާރު ސްޕީޑްގައި ކާރު ދުއްވާފައި ދަނިކޮށް، މަހުގެ އެއް ފަރާތުގައި ހުރި ބޮކި ހޮޅިދަނޑިއެއްގައި ޖެހިގެން ކަމަށް ބައެއް މީހުން ބުންޏެވެ. އަދި ކާރު ޖެހުނުލެއް ބާރު ކަމުން ހޮޅިދަނޑި ވެސް ވަނީ ވެއްޓިފަ އެވެ. މި ހާދިސާ ހިނގާފައި ވަނީ ހެނދުނު 11:15 އެހާކަށްހާ އިރު އެވެ.
ހޮޅީގައި ކާރު ޖެހުނު ދިމާލުން ވަރަށް ބޮޑަށް ހަލާކުވެފައިވެ އެވެ. މި ހާދިސާ ހިނގި އިރު ކާރުގައި ތިބި ދެ މީހުންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށް އެެނގިފައިވެ އެވެ. މިއީ މަރަދޫ ކާރެކެވެ.