Last Updated: June 9, 14:14
Tuesday, June 9, 2026
ސިޔާސީ

އަނެއްކާ ވެސް ޖަގަހަތަަކެއްގެ ބިއްލޫރި ތަޅާލައިފި

ރޭ ބިއްލޫރި ތަޅާލި ހިތަދޫ ޒުވާނުންގެ ޖަގަހައެއް. ފޮޓޯ/ ކިއުންތެރިއެއް

ސ. ހިތަދޫގައި ހުރި ދެ ޕާޓީއެއްގެ ދެ ޖަގަހެއްގެ ބިއްލޫރި އަނެއްކާ ވެސް ރޭ ތަޅާލައިފި އެވެ.

ރޭ ތަޅާލާފއަި ވަނީ ހިތަދޫގެ ޒުވާނުންތަކެއް އަމިއްލަ އަށް ހަދައިގެން އުޅޭ ޖަގަހައެއްގެ ބިއްލޫރިގަނޑެއްގެ އިތުރުން ގައުމައިގެން ކުރިއަށް ކޯލިޝަންގެ ހިތަދޫ ޖަގަހެއްގެ ބިއްލޫރި އެވެ. މީގެ ކުރިން އެ ޖަގަހަ އަށް ވަނީ ކަޅުތެޔޮ ވެސް ޖަހާފަ އެވެ.

ޕާޓީތަކުގެ ކެމްޕޭން ފޯރި އާ އެކު ކުރިއަށްދާ އިރު އެއް ޕާޓީއެއްގެ ބަޔަކު އަނެއް ޕާޓީގެ ކެމްޕޭންތަކަށް ހުރަސް އަޅަމުންދާ ކަމަށް ޕާޓީތަކުން ބުންޏެެވެ.

ދާދި ފަހުން ފުލުހުން ވަނީ އައްޑޫގައި ހަރަކާތްތެރިވާ ސިޔާސީ ޕާޓީތަކުގެ އިސް ވެރިންނާ ބައްދަލުކޮށް، އަމާންކަމާއި ސުލްހަވެރިކަމާ އެކު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ.