ސ. ފޭދޫ މޯރަލް ބުކްޝޮޕުން މި އަހަރު ކުރިއަށް ގެންދާ ބުކް ފެއާ "މޯރަލް ބުކް ފެއާ 2013" މި މަހުގެ 15 ވަނަ ދުވަހު ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.
އެ ފިހާރައިގެ އޮފިޝަލަކު ބުނީ ފެއާ ކުރިއަށް ދާނީ ފޭދޫ ސްކޫލްގެ ހޯލްގައި ކަމަށެވެ.
މި ފެއާގައި ކުރާ ކޮންމެ ވިޔަފާރިއަކަށް 200ރ. ގެ ކޫޕަނެެެއް ދޫކުރަން ހަމަޖެހިފައިވާ އިރު، ގުރުއަތުން އެއް ވަނަ އަށް ދާ ފަރާތަކަށް 10،000ރ. ގެ ފައިސާގެ އިނާމު ދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މޯރަކް ބުކް ޝޮޕުން ފެއާގަިއ ތަފާތު އުމުރުގެ މީހުންނަށް ހާއްސަ އެކި ބާވަތްތަކުގެ ފޮތް އެކަށީގެންވާ އަގުތަކެއްގައި ލިބެން ހުންނާނެ ކަމަށެވެ.
އެހެންވެ ފެއާ އަށް ބޮޑު ތަރުހީބެއް ލިބޭނެ ކަމުގެ އުންމީދު ބޮޑު ކަމަށް މޯރަލް އިން ބުންޏެވެ.