Last Updated: April 18, 22:36
Thursday, April 18, 2024
ޚަބަރު

ރައްޔިތުން މަޖިލީހުގެ 22 މުވައްޒަފަކު އެކަހެރިކޮށްފި

ރައްޔިތުން މަޖިލީހުގެ މުވައްޒަފަކު ކޮވިޑް19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން މިހާތަނަށް 22 މުވައްޒަފަކު ގޭގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅި ނިންމާލައްވަމުން ރައީސް ނަޝީދު ވިދާޅުވީ ކޮވިޑަށް މަޖިލީހުގެ މުވައްޒަފަކު ޕޮޒިޓިވްވުމާއި ގުޅިގެން 22 މުވައްޒަފަކު ގޭގައި އެކަހެރިވުމަށް އަންގާފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި ގިނައީ މަޖިލީހުގެ މެންބަރުންނަށް ސައިފޮދު ތައްޔާރު ކޮށްދެއްވާ މެންބަރުން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ މެންބަރުން މަޖިލީހަށް ތަށިބަރި ގެންނަ ނަމަވެސް މަޖިލީހަށް ތަށިބަރި ވެއްދޭނީ އޮންނަ އުސޫލުގެ ތެރެއިން ކަމަށެވެ. ނަމަވެސް އޮންނަ އުސޫލުގެ ތެރެއިން ތަށިބަރި ވައްދައިގެން ނަމަވެސް އެމަނިކުފާނު ހުންނަވަން ގަސްތު ކުރައްވަނީ ސައި ބައްލަވައިގެން ކަަމަށް ނަޝީދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވީ މި މަހުގެ 17ވަނަ ދުވަހުއެވެ. އެއަށްފަހު މުޅި މަޖިލިސް އިދާރާ ވަނީ ޑިސްއިންފެކްޓު ކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް 2,187 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވާއިރު، 1،788 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.