Last Updated: May 12, 22:01
Monday, May 12, 2025
ޚަބަރު

ގއ. އިން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް ވައިޓް އެލާޓު ނެރެފި

ވިއްސާރައާ ގުޅިގެން މަގުތަކުގައި ވަނީ ފެން ބޮޑުވެފައި - ފޮޓޯ: ފޭސްބުކް

ގއ، ގެ ރަށްތަކުން ފެށިގެން އައްޑޫ ސިޓީ އާއި ހަމައަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓު ނެރެފިއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ މިއަދު މެންދުރު 14:00 އިން ފެށިގެން މިއަދުގެ 18:00 އާއި ހަމައަށް ވައިޓް އެލާޓު ނެރެފައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެއިތުރުންވެސް ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފައެވެ.