Last Updated: May 12, 21:14
Monday, May 12, 2025
ޚަބަރު

ރ. އަތޮޅުގައި ހިންގާ އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ފުލުހުންނާއި ސިފައިން ކުރިޔަށް ގެންދާ ހާއްސަ އޮޕަރޭޝަންގައި ފަސް ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

މި އޮޕަރޭޝަން ހިންގަނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ދަތުރުފަތުރުކުރުން މަނާކޮށްފައި އޮތް އިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަން ޖެހޭ ހުއްދަ ނެގުމަކާ ނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ކަމަށެވެ.

ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓުތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައްކޮށް މުދަލަށް ގެއްލުންދޭ މައްސަލައާ ގުޅިގެން ރ. އަތޮޅުގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މި އޮޕަރޭޝަންގައި މިހާތަނަށް ކޯޓު އަމުރެއްގެ ދަށުން ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.