Last Updated: June 9, 14:14
Tuesday, June 9, 2026
ވިޔަފާރި

ފެނަކަ އަށް ޑީސަލް އުފުލާނެ ފަރާތެއް ހޯދަނީ

އައްޑު އަށް ކަރަންޓްގެ ހިދުމަތް މިހާރު ދެމުން އަންނަ ފެނަކަ ކޯޕަރޭޝަނަށް ޑީސަލް އުފުލައި ދޭނެ ފަރާތެއް ހޯދަން އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ފެނަކައިގެ އައްޑޫ ރީޖަނަލް އޮފީހުން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް، ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް މިހާރު ވަނީ ހުޅުވާލާފަ އެވެ.

ފެނަކައިން އިން ބުނީ އެ ކުންފުނީގެ ދަށުން ހިންގާ އައްޑޫގެ މަރުކަޒީ އިންޖީނުގެއަށާއި ހުޅުމީދޫ އަށް ޑީސަލް ނެގުމަށް ބައުޒަރެއް ބޭނުންވާ ކަމަށެވެ.

އަދި އެ ބައުޒަރުން ދުވާލަކަށް މަރުކަޒީ އިންޖީނުގެ އަށް ބޭނުންވާ 30،000 ލީޓަރު ނެގުމަށް ފިއުލް ސަޕްލައި އަށް ހަފުތާ އެކު ހަ ދުވަހު އަދި ހުޅުމީދު އަށް ދުވާލަކު 5،000 ލީޓަރު ޑީސަލް ހަފުތާ އެކު ހަތަރު ފަހަރު ފޭދޫ ބަނދަރުން ބަރު ކުރަން ޖެހޭ ކަމަށެވެ.

އެހެންވެ މިކަން ކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލީ ކަމަށް ފެނަކަ އައްޑޫ ރީޖަނަލް އޮފީހުން ބުންޏެވެ.