Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

އެއްޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފި

އެއްޖިއްސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހަކު މަކުނުދޫއިން ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މަކުނުދޫގައި ބަޔަކު އެއްޖިންސުން ގުޅުން ހިންގާކަމަށްބުނެ މައްސަލައެއް އިއްޔެ ހަވީރު 18:00 އެހާއިރު ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ.

މި މައްސަލާގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ދިވެހި ފިރިހެނަކު މިއަދު ހައްޔަރުކޮށްފައިވީ ނަމަވެސް އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ. މި މައްސަލާގައި އެހެން މީހަކަށްވެސް އެއްޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތު ކުރެވޭއިރު އެމީހާ އަދިވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

މިކަމާއި ގުޅިގެން މަކުނުދޫގައި ވަނީ އިއްޔެ މުޒާހަރާވެސް ކޮށްފައެވެ. އެއީ ފުލުހުން އެމީހުން ހައްޔަރު ނުކޮށް ލަސް ކުރާތީއެވެ.