Last Updated: June 9, 14:14
Tuesday, June 9, 2026
މުނިފޫހިފިލުވުން

"ދޫމް 3" ގެ ޑިޖިޓަލް ޕޯސްޓަރު އާންމުކޮށްފި

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ކާމިޔާބް ފްރެންޗައިޒް "ދޫމް 3" ގެ ޑިޖިޓަލް ޕޯސްޓަރު މިއަދު ރިލީޒުކޮށްފި އެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމްތަކުގެ ތެރޭގައި ހިމެނޭ "ދޫމް 3" އިން ފުރަތަމަ ފަހަރަށް އާމިރް ހާން ވިލަންއެއްގެ ރޯލުން ފެނިގެން ދާނެ އެވެ. މި ފިލްމްގެ ބަތަލާއަކީ ކެޓްރީނާ ކެއިފެވެ. މިއީ އެ ދެ ތަރިން އެކުގައި ފެންނަ ފުރަތަމަ ފިލްމް ވެސް މެ އެވެ.

އަދި ކުރީ ދެ ފިލްމެކޭ އެއް ގޮތަށް "ދޫމް 3" ގެ މުހިއްމު ރޯލްތަކުން އަބިޝެކް ބައްޗަން އާއި އުދޭ ޗޯޕްޅާ ފެނިގެން ދާނެ އެވެ. ފިލްމްގެ ބޮޑު ބައި ޝޫޓްކޮށްފައި ވަނީ އެމެރިކާގެ ޝިކާގޯގަ އެވެ.

މި ފިލްމަކީ ވައިއާރްއެފުން ގެނެސްދޭ ވަރަށް ކާމިޔާބް ފްރެންޗައިޒެކެވެ. އެގޮތުން "ދޫމް" އަބީޝެކް އާއި އުދޭ އާ އެކު ވިލަންއެއްގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ޖޯން އަބްރަހަމް އެވެ.

އެހެން ނަމަވެސް "ދޫމް 2" ގައި އެ ދެ ތަރިންނާ އެކު ވިލަންގެ ރޯލުން ފެނިގެން ގޮސްފައި ވަނީ ރިތިކް ރޯޝަން އެވެ. އަދި މި ފިލްމްގެ ރޯލްތަކެއް އައިޝްވާރިއާ ރާއީ ބިޕާޝާ ބާސޫ ވެސް ކުޅެފައިވެ އެވެ.

ވިޖޭ ކްރިޝްނާ އަޗަރިއާ (ވިކްޓާ) ޑައިރެކްޓްކޮށްފައިވާ "ދޫމް 3" ސިނަމާތަކަށް އަންނާނީ ކްރިސްމަހާ ދިމާކޮށެވެ.