Last Updated: May 12, 17:17
Monday, May 12, 2025
ޚަބަރު

އެކި ފަހަރު މަތިން ދަރިފުޅަށް ޖިންސީ ގޯނާކުރި ބައްޕަ ހައްޔަރުކޮށްފި

އެކި ފަހަރު މަތިން ދަރިފުޅަށް ޖިންސީ ގޯނާކުރި މައްސަލާގައި އެކުއްޖާގެ ބައްޕަ ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ތަފާތު އެކި ދުވަސް މަތިން 13 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ގަދަކަމުން ޖިންސީ ގޯނާ ކޮށްފައިވާކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ބައްޕަ ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ އެމީހާ ހައްޔަރުކޮށްފައިވަނީ ތ.ވޭމަންދޫ ޕޮލިސް ސްޓޭޝަނަށް ހުށަހެޅި މައްސަލައަކާ ގުޅިގެން ކަމަށެވެ. އެމީހާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ވެސް ފުލުހުން ބުނެއެވެ.

އެމީހާ ވޭމަންޑޫ ކޯޓަށް ގެންދިއުމުން އެމީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފައިވާއިރު ފުލުހުން ބުނީ އެމީހާގެ ބަންދަށް 8 ދުވަސް ޖަހާދީފައިވާ ކަމަށެވެ.