Last Updated: June 9, 14:14
Tuesday, June 9, 2026
ޚަބަރު

ބިދޭސީއަކަށް ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

ފުލުހުން ހައްޔަރު ކުރި ރިޔާހު. ފޮޓޯ/ ވީއޯއެމް

ތޫނު އެއްޗަކުން ބިރު ދައްކައި ބިދޭސީއެއްގެ އަތުން ފޭރުން އުޅުނު ކަމުގެ ތުހުމަތުގައި ހުޅުދޫ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ތޫނު އެއްޗަކުން ބިރު ދައްކައިގެން ބަގްލަދޭޝްމީހެއްގެ އަތުން ފައިސާ ފޭރި ގަންނަން އުޅެނިކޮށް ހައްޔަރުކޮށްފައި ވަނީ ހުޅުދޫ ކުދީނާގޭ އަހުމަދު ރިޔާހު ކަމަށެވެ.

އިއްޔެ ހަވީރު ހުޅުމީދޫ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕްރޭޝަނެއްގައި ރިޔާހު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެ މައްސަލަ އިތުރަށް ތަހުގީގުކުރުމަށްޓަކައި ކޯޓްގެ އަމުރުގެ ދަށުން އޭނާ ވަނީ ހަތް ދުވަހުގެ މުއްދަތަށް ބަންދުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި ރިޔާހުއަކީ މީގެ ކުރިން ވެސް ތަފާތު މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެކެވެ.

ރިޔާހުގެ އިތުތުން މަސްތުވާތަކެއްޗާއި ވައްކަމާ ބަގުރަލުގެ މައްސަލަތަކުގައި ކޯޓް އަމުރާއެކު ހުޅުމީދޫގައި ހަ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެ ތެރޭގައި ހިމެނެނީ ހުޅުދޫ ލޯރަލް އަގީލު އަބްދުﷲ އާއި ހުޅުދޫ ކޮކާހަނދުވަރުގޭ އިލްޔާސް ފުވާދާއި ޅުދޫ މާކޯނި ލައިސް އާއި ހުޅުދޫ މާފޮޅޭގޭ ސައިފް އާއި ހުޅުދޫ އާހިޔާ އަބްދުﷲ މަނިކުފާނުގެ އިތުރަށް ހުޅުދޫ މީރާ އަބްދުﷲ ރަޝީދެވެ.