Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ސީއެސްސީގެ ހަތަރު މެންބަރަކު ވަކި ކުރަން ކޮމެޓީން ފާސްކޮށްފި

މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީގެ ބައްދަލުވުމެއް - ފޮޓޯ: މަޖިލިސް

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރުކަމުން އެ ކޮމިޝަންގެ ރައީސާ އެކު ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ފާސްކޮށްފިއެވެ.

މަގާމުން ވަކިކުރަން ކޮމެޓީން ފާސްކުރި ނަންތަކަކީ އެ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދާއި ކޮމިޝަންގެ ދެ މެމްބަރުން ކަމަށްވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ.

ކޮމެޓީގެ މެންބަރުން ވަކި ކުރުމަށް ވޯޓަށް އަހާފައި ވަނީ ވަކިވަކިންނެވެ. އެގޮތުން ސީއެސްސީގެ ރައީސް ވަކި ކުރަން އެހީ ވޯޓުގައި ހަތް މެންބަރަކު އޭނާ ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވިއެވެ.

ސީއެސްސީގެ އެ ހަތަރު މެމްބަރުން މަގާމުން ވަކިކުރަން ހުށަހެޅީ ގަމު ދާއިރާގެ މެމްބަރު މުހައްމަދު ވިސާމެވެ.