އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތަފާ ލުތުފީ އަދި އެ ޕާޓީގެ ޗެއަޕާސަން މޫސާ މަނިކު ދެކުނުގެ އަތޮޅުތަކަށް ފުރާވަޑައިގެންފު އެވެ.
މި ދަތުރުގައި ގދ. އަތޮޅާއި ފުވައްމުލައް އަދި އައްޑޫ ސިޓީ އަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ގދ. ތިނަދޫން ފެއްޓެވުމަށް ހަމަޖެހިފައިވާ މި ދަތުރުފުޅުގައި "ނެތޭވެވޭކަށް ބަޣީއަކަށް" ބިލްބޯޑު ހަރުކޮށް މިި ރޭ ތިނަދޫގައި ވަނީ ހާއްސާ ޖަލްސާއެއް ބޭއްވުމަށް ރޭވިފަ އެވެ.
ހަމަ އެހެންމެ 15 ވަނަ ދުވަހުގެ ހެނދުނު ގައްދު އަށް ޒިޔާރަތް ކުރައްވާ އެ ރަށުގައި ކަންމަތީ ބައްދުލުވުން ބާއްވައި ބަޣާވާތާއި ބެހޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުވައްމުލަކާއި އައްޑު ސިޓީއަށް ޒިޔާރަތް ކުރެއްވުމަށް ވެސް ރޭވިފައިވާ މިދަރުފުޅުގައި 7 ފެބްރުއަރީގައި ހިނގައި ދިޔަ ކަންތައްތަކަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ގޮތުުން ބަޣާވާތާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ސީޑީ އާއި ލުއި ފޮތް ވެސް ރައްޔިތުންނަށް ބެހުމަށްް ރޭވިފައިވެ އެވެ.
"ނެތޭ ވެވޭކަށް ބާޣީއަކަށް" މި ނަމުގައި ކުރިއަށް މި ދަތުރުފު ނިންމަވާލެއްވުމަށް ފަހު ޑރ.މުސްތަފާ ލުތުފީ އަދި ޓީމު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހު 18 ވަަނަ ދުވަހު އެވެ.