Last Updated: June 6, 14:55
Saturday, June 6, 2026
ޚަބަރު

ގުޅީފަޅުގައި 6000 ހައުސިން ޔުނިޓު އަޅަން އެންގުމަށް ފާސްކޮށްފި

ގުޅީފަޅު --

ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދުގައި މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

އެންވަޔަރަމަންޓު ކޮމެޓީން ގުޅީފަޅު ހިއްކުމާއި ގުޅޭގޮތުން ދިރާސާ ކުރި މައްސަލަ ނިންމާ މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓު ފާސްކުރީ 65 މެންބަރުންގެ ވޯޓުންނެވެ.

އެންވަޔަރަމަންޓު އެންޑް ކްލައިމެޓު ޗޭންޖު ކޮމެޓީން އެ މައްސަލަ ބަލަން ފެށީ ގުޅީފަޅު ހިއްކަމުން އަންނާތީ ވިލިމާލެ ފަރަށް ކިސަޑު އެޅި ގެއްލުން ވަމުންދާ މައްސަލާގައިއެވެ. ކޮމެޓީ ރިޕޯޓުގައި ވަނީ އެ މަޝްރޫއުގެ ސަބަބުން ތިމާވެއްޓަށް އަސަރު ކުރަމުން އަންނާތީ އެ ތަނުގައި އިޖުތިމާއީ އެހެން ކަމެއް ނުވަތަ އިގްތިސޯދަށް ފައިދާ ކުރާނެ އެހެން ކަމެއް ކުރުމަށް ހިމަނާފައެވެ.

އެގޮތުން ގުޅިފަޅު ހިއްކާ ބިމުގެ ސަރަހައްދުގެ 15 ޕަސެންޓްގެ ބިން ބޯހިޔާވަހިކަމަށް ހާއްސަ ކުރުމަށް ކޮމިޓީން ހުށަހެޅިއެވެ. އަދި އެ ބިމަކީ މަދުވެގެން 6،000 ހައުސިން ޔުނިޓް އިމާރާތް ކުރެވޭ ވަރުގެ ބިމަކަށް ވެސް ވާން ވާނެ ކަމަށް ކޮމިޓީ ރިޕޯޓްގައި ބުނެ އެވެ.